
އެމަނިކުފާނު މިހެން ވިދާޅުވީ ހައްޖު ދުވަހުގެ ތަހުނިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ރާއްޖެ އާއި ދިވެހި ކޮންމެ ރައްޔިތަކަށް ﷲގެ އޯގާވަންތަކަމާއި، ރަޙްމަތާއި، ނިއުމަތް ގިނަގުނަކޮށް ދެއްވައި، އަމާންކަމާއި، ދުޅަހެޔޮކަމާއި، ވިޔަވަތިކަން ތާއަބަދު ދެއްވުމަށް ދުއާ ކުރައްވާ ކަމަށެވެ.
ހައްޖުވެރިން މިއަދު ހޭދަކުރާނީ ދުއާކުރުމާއި އިސްތިއުފާރު ކުރުމާއި ޒިކުރު ކުރުމުގަ އެވެ. އެ ގޮތުން ހުޝޫއަތްތެރިކަމާ އެކު ﷲ ތައާލާއަށް ކުރިމަތިލައިގެންހުރެ، އަމިއްލަ ނަފުސަށާއި، އަހުލުންނާއި މުސްލިމުން އަހުންނަށް ހެޔޮ ދުއާ ކުރާނެ އެވެ.
ހައްޖުގެ އަޅުކަމަށް މި އަހަރުގެ ވެސް ރާއްޖެއިން ފުރީ 1000 މީހުންނެވެ. ރާއްޖެއިން މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިން ރޭ ފަތިހުން ފެށިގެން ތިބީ އަރަފާތުގައި ކަމަށާއި އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް ހައްޖު ކޯޕަރޭޝަނުން މިއަދު ވަނީ ބުނެފަ އެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ދަތުރުކުރުމުގެ އިންތިޒާމުތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް މި އަހަރު ވަނީ ލިބިފަ އެވެ. އެގޮތުން، ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވިއިރު އެކަމުގެ ހިތްހަމަޖެހުން ހައްޖުވެރިން ފާހަގަކުރާ ކަމަށް ހައްޖު މިޝަނުން ބުނެއެވެ.