ads
ރައީސް ޑރ. މުއިއްޒު ގަހެއް އިންދަވަނީ
ދިވެހީންގެ އާމްދަނީ ބަރޯސާވަނީ ކަނޑުތަކުގެ ދިރުމާއި ރަށްތަކުގެ ރީތިކަމަށް: ރައީސް
ދިވެހީންގެ އާމްދަނީ ބަރޯސާވަނީ ކަނޑުތަކުގެ ދިރުމާއި ރަށްތަކުގެ ރީތިކަމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މި ވާހަކަފުޅު ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ޓްވީޓެއް ކުރައްވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި "ދިވެހިރާއްޖެއަށް މުޅި ދުނިޔެ ޝައުގުވެރިވަނީ ދެވަނައެއް ނެތް ޗާލު މާހައުލެއް ރާއްޖޭގައި އޮތުމުގެ ސަބަބުން،" ނެވެ. އަދި ދިވެހީންނަށް އާމްދަނީ ލިބޭ މައިގަނޑު މަސައްކަތްތައް ބަރޯސާވަނީ ކަނޑުތަކުގެ ދިރުމާއި ރަށްތަކުގެ ރީތިކަމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ތިމާވެށި ހިމާޔަތްކުރުމަށް ދިވެހީން ދޭ އިސްކަމަކީ މިއަދުގެ ފާގަތިކަމާއި މާދަމާގެ ތިޔާގިކަމާއި އުފާވެރިކަމަށްޓަކައި އަދާކުރާ ގައުމީ ޒިންމާއެކެވެ. ރައީސް މުއިއްޒު މި ވާހަކަ ވިދާޅުވީ މިއަދު ދުނިޔޭގެ ތިމާވެށީގެ ދުވަސް ކަމަށްވުމާއެކު އެ ދުވަހާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް