ads
އެމްޓީސީ ބަސްތަކެއް
އީދު ދުވަހު އެމްޓީސީސީގެ ފެރީ އަދި ބަހުގެ ހިދުމަތް ލިބޭނެ ގަޑިތައް އާންމުކޮށްފި
ބޮޑު އީދު ދުވަހު އެމްޓީސީސީގެ ފެރީ އަދި ބަހުގެ ހިދުމަތް ލިބޭނެ ގަޑިތައް އެމްޓީސީސީން އާންމުކޮށްފިއެވެ.
Advertisement

ބޮޑު އީދު ދުވަހު ގްރޭޓާ މާލެ ބަސް ހިދުމަތުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން ފެށިގެންނެވެ.

ނަމަވެސް، ދަތުރުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އީދު ނަމާދުގެ ކުރިން މާލެ އަދި ހުޅުމާލޭގެ ފޭސް އެކެއް އަދި ދެއަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 5:30 އަދި 6:00 ގައި ބަސްތައް ދަތުރުކުރާނެއެވެ. މީގެ އިތުރުން ވިލިމާލޭ ބަސް ހިދުމަތުގެ ދަތުރުތައް 6:00 އިން ފެށިގެން 8:00 ގެ ނިޔަލަށް މެދުކަނޑާލާނެކަމަށް އެމްޓީސީސީން ބުންޏެވެ.

ބޮޑު އީދު ދުވަހު ވިލިމާލެ، ހުޅުމާލެ އަދި ތިލަފުއްޓަށް ފެރީގެ ދަތުރުކުރާ ގަޑިތައްވެސް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ. މި ގޮތުން މާލޭން ވިލިމާލެއަށް އީދު ނަމާދުގެ ކުރިން ފަހު ފެރީ ފުރާނީ 6:30 ގައެވެ. އަދި އީދު ނަމާދަށް ފަހު ފަށާ ފުރަތަމަ ފެރީ ފުރާނީ 8:00 ގައެވެ. ހުޅުމާލޭން މާލެއަށް ފުރަތަމަ ދަތުރު ފުރާނީ 14:00 ގައެވެ. އަދި މާލޭން ހުޅުމާލެއަށް ފުރަތަމަ ދަތުރު ފުރާނީ 14:30 ގައެވެ. މީގެ އިތުރުން މާލޭން ތިލަފުއްޓަށް ފުރަތަމަ ދަތުރު ފުރާނީ 8:30 ގައި ކަމަށާއި ތިލަފުށިން މާލެއަށް ފުރަތަމަ ދަތުރު ފުރާނީ 9:00 ގައެވެ.

އެމްޓީސީސީން ފޯރުކޮށްދެމުންދާ ސީއެފްއެން ލަކުޑި ފެރީއާއި އަރުޓީއެލް ފެރީ ދަތުރުތައް ބޮޑު އީދު ދުވަހު ޝެޑިއުލް ކުރެވިފައި ނުވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެމްޓީސީސީން ވަނީ މި ދަތުރުތަކާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް 1650 އަށް ގުޅުމަށް އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް