ads
ސަރުކާރު ޓެކްސީ ލައިނަަށް ދިން ބިމުގައި މިނިސްޓަރު އަމީން މަޑުކޮށްލައިގެން
ޓެކްސީ ލައިންގެ ވެހިކަލްތަކަށް ހާއްސަ ބިމެއް، އޮގަސްޓް މަހު ހިދުމަތް ފަށަނީ
ސަރުކާރުން ތައާރަފުކުރާ ޓެކްސީ ލައިންގައި ބޭނުންކުރާ ވެހިކަލަތަކަށް ބިމެއް ކަނޑައަޅާ އަންނަ އޮގަސްޓް މަހު ހިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.
Advertisement

އަންނަ ޖުލައި މަހު ފުުރަތަމަ ހަފްތާގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށާނެކަމަށް ކުރިން ސަރުކާރުން ވަނީ ބުނެފައެވެ. އެހެންނަމަވެސް މި ހާރު މި ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަނީ އަންނަ އޮގަސްޓްމަހގުގެ ފަހުކޮޅުއެވެ. 

ސަރުކާރުން ތަޢާރަފުކުރާ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ އިލެކްޓްރިކް ވެހިކަލްތައް (އީވީ ޓެކްސީތައް) ޕާކުކުރުމަށް ހުޅުމާލެއިން ވަނީ ބިމެސއް ކަނޑައަޅާފައެވެ. މިކަމަށް ބިން ދީފައިވަނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި މިހާރު ހިއްކާފައިވާ ސަރަހައްދުންނެވެ. 

އެތަނަށް މިނިސްޓަރ އަމީން ޒިޔާރަތްކުރައްވައި، އެ ސަރަހައްދު އޭނާ ވަނީ ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ އިސްވެރިން ވެސް ބައިވެރިވެރިވިއެެވެ.

ސަރުކާރުން ތައާރަފްކުރަން ނިންމާފައިވާ ޓެކްސީ ލައިނަށް ބޭނުންވާ ކާރުތައް ގެނައުމަށް 80 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

ޓެކްސީ ލައިން ތައާރަފުކޮށް އެކަން ހިންގުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ފެބްރުއަރީމަހުގެ 12 ވަނަ ދުވަހުއެވެ. މި ހިދުމަތަށް ގެންނަން ނިންމާފައިވަނީ ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް ވެހިކަލްތައް (އީވީ) އެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެއެވެ.

ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފްކުރާނެއެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ތައާރަފު ކުރާނީ ރަސްމާލެ އާއި ގިރާވަރާއި އައްޑު އާއި ފުވައްމުލައް އަދި ކުޅުދުފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް