
ބްރޯޑްކޮމް ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރި މަރިޔަމް ޒީނިޔާ މަގާމުން ވަކިކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އޭނާ މަގާމުން ވަކިކުރީ މެމްބަރުން ބުނާކަންނަ ނުކުރާކަމަށް ތުހުމަތުކޮށެވެ.
ބްރޯޑްކޮމްއިން ބުނީ އެ ކޮމިޝަނުން ހުސްވެފައިވާ އެސްޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23ވާ ހޯމަ ދުވަހުގެ 13:00 އާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.
މި މަގާމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށްކަމަށެވެ. މަގާމުގެ މުސާރައަކީ މުސާރައަށް 20،500 ރުފިޔާކަމަށާއި އޭގެއިތުރުން ލިވިން އެލަވަންސް 15،000 ރުފިޔާ އަދި ފޯނު އެލަވަންސަށް 700 ރުފިޔާ ލިބޭނެކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.
ބްރޯޑްކޮމްގެ މެންބަރުންނާ މެދު ހިތްހަމަ ނުޖެހި، އެ އިދާރާގެ ގިނަ މުވައްޒަފުންތަކެއް މަސައްކަތް ވަނީ ހުއްޓާލާފައެވެ. އަދި މުވައްޒަފުން ވަނީ ކޮމިޝަންގައި މެމްބަރުގެ ޝަކުވާތައް ރައްޔިތުން މަޖިލިސްއަށް ވެސް ހުށައަޅާފައެވެ.