
މިކަމުގެ އެެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަބްދުލް ލަތީފް މުހައްމަދެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން، މާލޭގެ ނޯތު ހާބަރު ސަރަޙައްދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ގޮތާއި، އެ ސަރަޙައްދު ބެލެހެއްޓުމުގެ ޒިންމާތައް ކަނޑައެޅިގެން ދާނެ ކަމަށެވެ.
އަދި މިއީ ރާއްޖޭގެ އެންމެ މުހިންމު ވިޔަފާރި ބަނދަރުގެ ގޮތުގައި ބެލެވޭ މާލޭ ނޯތު ހާބަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ސަބަބުން މާލޭގެ ނޯތު ހާބަރުގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓް ވިޔަފާރިއަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ގައުމުގެ އިގުތިސާދަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް ވެސް ބުންޏެވެ.