ads
ދިވެހި ހަޖީން މިނާ ފޭލިގެތަކުން ނުކުތުމަށް ތައްޔާރުވަނީ
ހައްޖުގެ މަނާސިކުތައް ފުރިހަމަކޮށް ހާޖީން މިނާއިން މައްކާ ހޮޓަލަށް
ހައްޖުގެ މަނާސިކުތައް ފުރިހަމަކުރުމަށްފަހު ދިވެހި ހާޖީން މިނާ ފޭލިގަތެކުން މިއަދު މައްކާ ހޮޓަލަށް ދާނެކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފިއެވެ.
Advertisement

ހައްޖު މިޝަނުން ބުނީ ދިވެހި ހުރިހާ ހާޖީންގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި މިއަދި މިނާގެ ފޭލިގެތަކުން މައްކާ ހޮޓަލަށް ހައްޖުވެރިން ބަދަލުވާނެކަމަށް ހައްޖު މިޝަނުން ބުނެެއެވެ. 

" ދިވެހި ހައްޖާޖީން މިނާ ޓެންޓުގައި ހޭދަކުރާ ފަހު ވަގުތުކޮޅު. މައްކާ ގަޑިން 11:30ގައި ހައްޖާޖީން ޖަމްރާތަކަށް ހިލަ އުކުމަށް ދާން ފަށާނެ." ހައްޖު މިޝަންއިން ބުނެއެވެ.

your imageދިވެހި ހަޖީން މިނާ ފޭލިގެތަކުން ނުކުތުމަށް ތައްޔާރުވަނީ 

ހާޖީން އެނބުރި މައްކާ ހޮޓަލަށް މިދަނީ ހައްޖުމަހުގެ 8، 10، 11، 12 ގައި މިނާ ފޭލިގެތަކުގައި ހޭދަކުރުމަށް ފަހުއެވެ. މިރޭ މިނާގައި ރޭކުރަން ބޭނުންނުވާ ހާޖީން މިއަދު އިރުއޮއްސުމުގެ ކުރިން މިނާއިން ނިކުންނަންޖެހޭނެއެވެ. އޭގެ ކުރިން ނުނިކުމެވޭ ހާޖީން މިނާއިން ނުކުންނާނީ މާދަމާއެވެ. 

your imageދިވެހި ހަޖީން މިނާ ފޭލިގެތަކުން ނުކުތުމަށް ތައްޔާރުވަނީ 

މިއަހަރު ރާއްޖެއިން ވަނީ 1000 މީހުން ހައްޖުގެ އަޅުކަން ފުރިހަމަކޮށްފައެވެ. މި އަހަރަކީ ހައްޖުގެ އިންތިޒާމުތައް އެންމެ ފުރިހަމަ އަހަރުކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް