ads
އެމްއެންޑީއެފްގެ ބޭންޑް
އެމްއެންޑީއެފް ބޭންޑުގެ ހާއްސަ ހުށައެޅުމެއް މިރޭ ސެންޓްރަލް ޕާކްގައި
އެމްއެންޑީއެފް ބޭންޑުގެ ހާއްސަ ހުށައެޅުމެއް މިރޭ ސެންޓްރަލް ޕާކްގައި އޮންނާނެކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ
Advertisement

ބަރަކާތްތެރި ބޮޑު އީދުގެ އުފަލުގައި، ގައުމީ ދިފާއީ ބާރުންވެސް އަންނަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން އީދު ދުވަހު މާލޭގައި ބޭއްވި އާއިލީ ހަވީރުގައިވެސް އެމްއެންޑީއެފުން ވަނީ ބައިވެރިވެފައެވެ. 

ގައުމީ ދިފާއީ ބާރުން ބުނީ އެމްއެންޑީއެފް ބޭންޑުގެ ހާއްސަ ހަރަކާތްތަކެއް މިރޭ ހުޅުމާލޭ ސެންޓަރަލް ޕާކުގައި އޮންނާނެކަމަށެވެ. އެގޮތުން މި ހަރަކާތް އޮންނާނީ މިރޭ 21:00އިން 22:00 އަށް އެމްއެންޑީއެފުން ބުނެއެވެ.

your imageއީދު ދުވަހު މާލޭގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން

އީދު ދުވަހު ހަވީރު، ސަލްޓަން ޕާކު، ޝަހީދުންގެ ބިނާ ސަރަހައްދު، ޖުމްހޫރީ މައިދާން އަދި ހުޅުމާލެ ސެންޓްރަލް ޕާކާއި ހިޔާ ފްލެޓް ސަރަހައްދުގައި ކުރިޔަށް ދިޔަ އާއިލީ ހަވީރުގައި އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެމްއެންޑީއެފްގެ ހަރަކާތްތައް އަމާޒުކޮށްފައިވަނީ އަމާޒުކޮށްފައިވަނީ ކުޑަކުދީންނަށެވެ. 

your image

ސިފައިންގެ އެކި ދާއިރާތަކުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ އެ ހަރަކާތްތަކުގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑު އަދި ފަޔާ އެންޑް ރެސްކިޔު ސާވިސްގެ އުޅަނދު ފަހަރުތަކަށް އަރައި އެ އުޅަނދުތަކުގައި ފޮޓޯ ނެގުމާއި، އެމްއެންޑީއެފް ކޯސްޓްގާޑުން ބޭނުންކުރާ ކުދި ރިބްސްތަކަށް އަރައި ދުއްވާލުމުގެ ފުރުސަތާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ކުރިޔަށްގެންދިޔަ އޮބްސްޓިކަލް ބެލްޓުގެ ހަރަކާތްތަކާއި، ރެޕެލިން ޓަވަރަށް އަރައި ފޭބުމުގެ ހަރަކާތްތައް ހިމެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް