ads
ކޮވިޑްގެ ދުވަސްވަރު ސިއްހީ ހިދުމަތް ދެނީ
މެނިންގޯކޮކަލްގެ އިތުރު ކޭހެއް ނުފެނޭ: އެޗްޕީއޭ
‏އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް, މިހާތަނަށް ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އަދި އިތުރު ކޭސްއެއް ފާހަގަވެފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.
Advertisement

މެނިންގޮކޯކޮލް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ގައިންގަޔަށް އަރާ އެ ބަލި ފެނުނު 24 އަހަރުގެ ދިވެހި ޒުވާނަކު މިދިޔަ ހުކުރު ދުވަހު ވަނީ މަރުވެފަ އެވެ. އެނގިފައިވާ ގޮތުގައި އެ ޒުވާނާ މަރުވީ މެލޭޝިއާ އިން މާލެ އައިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

އެޗްޕީއޭއިން މިއަދު ބުނީ ބަލީގެ ކޭހެއް ފާހަގަވުމުން، ފެށި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. މިހާތަނަށް އަދި އިތުރު ކޭސްއެއް ފާހަގަނުވާ ކަމަށާއި، ކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ތަރި މުހައްމަދު އާރިފް (ބަކާ) މިދިޔަ އަހަރުގެ 25 ޖޫންގައި ނިޔާވީ ވެސް މެނިންގޯކޮކަލް ބަލީގަ އެވެ. އޭނާއަށް ބަލިޖެހުނީ އެ އަހަރު ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ހާއްސަ ދައުވަތަށް ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރޭގައި ހިމެނި، ހައްޖުގެ އަޅުކަން ނިންމާފައި ރާއްޖެ އައުމާ އެކުގަ އެވެ.  

މި އަހަރު މި ބަލީގެ ކޭސްއެއް ފެނުނުއިރު، ހައްޖުގެ އަޅުކަމަށް ފަހު، އަންނަ ހުކުރު ދުވަހު ދިވެހީން އެނބުރި ރާއްޖެ އަންނަން ފަށާނެ އެވެ.

ހައްޖުވެރިން އެނބުރި އަންނަ ދުވަސްތަކަކީ އާންމު ގޮތެއްގައި ރޯނގާތައް އިތުރުވާ ދުވަސްތައް ކަމަށްވާއިރު، އެ ދުވަސްތަކުގައި ސިއްހަތަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް