ads
ރައީސް މުއިއްޒު، ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ސައުދީގެ ހައްޖު މިނިސްޓަރު ރައީސް މުއިއްޒާ ބައްދަލުކުރައްވައިފި
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީއަށް ދިޔަ މުސްލިމުންނަށް އެ ގައުމުގެ ސަރުކާރުން ދިން ސަމާލުކަމާއި ހަމަޖައްސައިދިން ފުރިހަމަ އިންތިޒާމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުރީފު ކުރައްވައިފި އެވެ.
Advertisement

މި ބައްދަލުވުމުގައި ރައީސް ވަނީ، މާތްވެގެންވާ ދެ މިސްކިތުގެ ބެލެނިވެރި ފަރާތް ކިންގް ސަލްމާން ބިން އަބްދުލްޢަޒީޒް އާލް ސައުދާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފަ އެވެ.

އަދި މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ހިމެނުމުން ދަތުރުފަތުރަށް ވަރަށް ބޮޑު ލުޔެއް ލިބިގެންގޮސްފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ލިބުނު ފާހަގަކޮށްލެވޭ މެހެމާންދާރީއާއި ހުރުމުގެ އިންތިޒާމު ރަނގަޅުވުމުން އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް މިވަގުތު ހުންނެވީ ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ދައުވަތަކަށް ހައްޖަށް ވަޑައިގެން އެ ގައުމުގަ އެވެ.

މި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނުވަނީ ސައުދީގެ ވަލީއަހުދު، މުހައްމަދު ބިން ސަލްމާނާ ބައްދަލު ކުރައްވައި، ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

ހައްޖުގެ އަޅުކަމަށް މި އަހަރުގެ ވެސް ރާއްޖެއިން ފުރީ 1000 މީހުންނެވެ. ދިވެހި ހައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ހުކުރު ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް