ads
ޗައިނާ ސަފީރާއެކު ރާއްޖޭގެ ބައެއް މިނިސްޓަރުން
ޖާގަ ދަތިވެފައިވާ 50 ކައުންސިލް އިމާރާތް އެޅުމަށް ޗައިނާ ސަރުކާރުން އެހީތެރިވަނީ
ރާއްޖޭގެ އެކި ރަށްރަށުގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ 50 ކައުންސިލް އިމާރާތް އެޅުމަށް ޗައިނާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށްވާއިރު، އެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް އަންނަ މަހު ޗައިނާގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.
Advertisement

މި މަޝްރޫއުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރާއި ރާއްޖެއާ ދެމެދު މިދިޔަ މަހު ފަހުކޮޅު ވަނީ ސޮއިކޮށްފައެވެ.

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވިދާޅުވީ ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ޒިޔާރާތް ކުރެއްވިއިރު ކައުންސިލް އިދާރާތައް ހުރީ ވަރަށް ބޮޑަށް ބާވެ، ބޮލަށް ވެއްޓޭ ވަރަށް ހަލާކުވެފައި ކަމަށެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަށް ޗައިނާގެ އެހީގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމީ ކަމަށް އެ މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 50 ކައުންސިލް އިމާރާތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ދެ ބާވަތަކަށް ބަހާލައިގެން އެޅުމަށް ވަނީ ހަމަޖެހިފައެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި ބާވަތް 1 ގެ ދަށުން 30 ކައުންސިލް އިދާރާ އެޅޭނެއެވެ. އަދި ބާވަތް 2 ގެ ދަށުން 20 އިމާރާތް އެޅޭނެއެވެ. މިއީ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކައުންސިލް އިދާރާތަކުގެ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް ޒަމާނީ ފެންވަރަށް އާ އޮފީސް އިމާރާތްކުރުމަށް ހިންގާ މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް