ads
ރައީސް މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އަންހެނުންނަށް ހާއްސަ ބާބު ރަސްމީކޮށް އިފްތިތާހުކުރަން ބޭއްވި ކެމްޕޭން ޖަލްސާ - ފޮޓޯ: ޕީޕީއެމް
ފަށާ މަދަދު ލޯނުގެ ދެވަނަ ފިޔަވަސް ޖޫން 15 ގައި ހުޅުވާލަނީ
ފަށާ މަދަދު ލޯނުގެ ދެވަނަ ފިޔަވަސް ޖޫން 15 ގައި ހުޅުވާލާނެ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފިއެވެ.
Advertisement

އަންހެނުންނަށް ހާއްސަ ކޮށްފައިވާ މި ލޯނު ސްކީމްގެ ދަށުން ޖުމްލަ 100 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ލޯނު ސްކީމް ދޫކުރުމަށް ހަމަޖެހިފައިވަނީ ފަސް ފިޔަވައްސަކަށް ބަހާލައިގެންނެވެ. ކޮންމެ ފިޔަވައްސެއްގައި 20 މިލިއަން ރުފިޔާ ދޫކުރެވޭނެއެވެ. އަދި މި ލޯނު ސްކީމްގެ 25 ޕަސަންޓު ހާއްސަ ކުރެވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށެވެ.

މިދިޔަ އަހަރު ފަށާ މަދަދު ލޯނު ސްކީމްގެ ދަށުން 60 މީހަކަށް ލޯނު ދޫކުރެވިފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބުންޏެވެ. މި ލޯނުގެ ދަށުން އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ނެގޭނެއެވެ. އަދި ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބި، އަނބުރާ ދެއްކުމަށް 7 އަހަރު ދުވަހަށް ބަހާލެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް