އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާގެ ދަރިފުޅުގެ ފޮޓޯ ދައްކާލައިފިއެވެ.

Advertisement
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާގެ ދަރިފުޅުގެ ފޮޓޯ ދައްކާލައިފިއެވެ.
ކަޕިލްއަށް ދަރިއަކު ލިބިފައިވަނީ މިމަހު 10 ވަނަ ދުވަހު ދަރިއަކު ލިބުނުއިރު ގިނަ ބަޔަކު ތިބީ ކަޕިލްގެ ދަރިފުޅު ދައްކާލާނެ އިރެއްގެ އިންތިޒާރުގައެވެ.
އެއިންތިޒާރުގެ ނިމުމެއް މިހާރު ވަނީ އައިސްފައެވެ. ސޯޝަލަ މީޑިއާ މެދުވެރިކޮށް ކަޕިލް އޭނާގެ ދަރިފުޅު ދައްކާލާފައިވާއިރު ދަރިފުޅަށް ކިޔާ ނަން ވެސް ވަނީ ބުނެފައެވެ. ކަޕިލްގެ ދަރިފުޅަށް ކިޔަނީ އަނައިރާ އެވެ. ގިނަ ބަޔަކު ވަނީ ދަރިފުޅު ވަރަށް ލޯބި ކަމަށް ބުނެފައެވެ.
މިއީ ކަޕިލްގެ ފުރަތަމަ ދަރިފުޅުވެސް މެއެވެ.
ކަޕިލް އާއި އޭނާގެ އަންހެނުން ގިންނީ ޗަޓްރަތާ ކައިވެނި ކޮށްފައިވަނީ 2018 ވަނަ ޑީސެމްބަރު މަހު 12 ވަނަ ދުވަހު ޖަލަންދަރުގަ އެވެ.
"ކޮމެޑީ ކިންގް"ގެ ނަމުން މަޝްހޫރު ކަޕިލްއަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ކޮމޭޑިއަން އެވެ. ކަޕިލް ވަނީ ތަފާތު ނަން ނަމުގައި ކޮމެޑީ ޝޯތައް ކުރިއަށް ގެންގޮސްފަ އެވެ.