
އިއްޔެ ހަވީރުގެ ވަގުތެއްގައި ޝެއިހް ފަރީދު އަވަހާރަވީ މެލޭޝިއާގައި އޮތް ބައްދަލުވުމުކަަށް އެގައުމަށް ވަޑައިގެން އެއާޕޯޓަށް ފަބައިވަޑައިގެންތާ މާ ގިނައިރުތަކެއް ނުވަނީސްއެވެ. ފަރީދު މެލޭޝިއާއަށް ވަޑައިގަތީ އެގައުމުގައި ދަރުސެއް ދެއްވުމަށެވެ
ޝެއިހް ފަރީދުގެ ޖަނާޒާ ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އާއިލާއިން ވަނީ ކުރިން ބުނެފައެވެ. އަދި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އާއިލާއިން ކުރިން ބުނިއެވެ.
އެހެންނަމަވެސް ޝެއިޚް ފަރީދުގެ ހަށިގަނޑު، ރާއްޖެއަށް ގެންނަ ނަމަ ޕޯސްޓްމޯޓަމްވެސް ހަދަންޖެހޭކަމަށާއި އެކަންކަމަކީ ޝެއިހް އަބަދުވެސް އިންކާރު ކުރައްވާ ކަންކަމަށްވުމުން މެލޭޝިޔާގައި ޖަނާޒާ ބާއްވަން ނިންމާފައިވާކަމަށް އާއިލާގެ ގާތް މީހަކު ބުނިއެވެ.
ޝެއިހް ފަރީދު އަވަހާރަވުމުން ގިނަ ބަޔަކު އަންނަނީ އެކަމުގެ ހިތާމަ ފާޅުކުރަމުންނެވެ.
ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިލްމުވެރިއެކެވެ. ދާދި އިހަކަށް ދުވަހަކާ ޖެހެންދެން، އޭނާ ވަނީ ދީނީ އެކި ދަރުސްތައް ދެއްވުމަށް ރަށްރަށަށް ވަޑައިގެންފައެވެ.