ރަޝީދު އަވަހާރަވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ގެންދަނިކޮށެވެ.
ރަޝީދު ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައިއެވެ.
މިރޭގެ މަގްރިބު ނަމާދަށް ފަހު ރަޝީދުގެ މައްޗަށް ކަށުނަމާދު ކުރާނެ އެވެ.
18ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ރަޝީދު މަޖިލިހަށް އިންތިހާބުވީ އޭރު ވެރިކަން ކުރަމުންދިޔަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓުގައެވެ.