ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ހާފްވޭ ހައުސް
މަސްތުވެގެން ތިބި ދެ މީހުން ހައްޔަރުކުރީ ހާފްވޭ ހައުސްއިން
މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ފަރުވާދޭ، ހުޅުމާލޭގައި ހިންގާ ހާފްވޭ ހައުސްގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މަސްތު ވެފައި ތިއްބާ، އެ ތަނުގެ ތެރެއިން ހައްޔަރުކޮށްފި އެވެ.
Advertisement

މި ދެ މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދު މުއްދަތު ޖަހާފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ އިކުލީލް އިބްރާހިމް، ވިދާތަރި/ގއ. ކަނޑުހުޅުދޫ އަދި އުމުރުން 33 އަހަރުގެ އަބްދުﷲ ޝާފިއު، ރެޑްރޯސް/އދ. މަހިބަދޫ އެވެ. 

މި ދެ މީހުން ހައްޔަރު ކުރިއިރު، ރަނގަޅަށް އިށީނދެގެން ވެސް ނުތިބެވޭ ކަމަށާއި އިށީނދެ އިންނައިރު ވެއްޓޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ދެ މީހުން ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ޓެސްޓުކުރި އިކުލީލް ވަނީ އޯޕީއައި، ބެންޒޯ އަށް ޕޮޒިޓިވް ވެފަ އެވެ. އަދި އަބްދުﷲ ވަނީ އޯޕީއައި އަށް ޕޮޒިޓިވް ވެފަ އެވެ.

ދެ މީހުންގެ ބަންދަށްވެސް ކޯޓުންވަނީ 10 ދުވަސް ޖަހާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް