ފުލުހުން ބުނީ ފުވައްމުލަކުގައި މީހެއްގެ ގައިގައި ޖަހައި މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓެއް ރޭ 8:54 ހާއިރު ލިބުނުކަމަށެވެ.
ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ތެރެއިން ބޭރު ފުށުން ފެންނަން ހުރި އަނިޔާތަކުގެ ތެރޭގައި ނޭފަތާއި އަނގަމަތި ފަޅައިގެން ދިއުމާއި ކަނާތްފަރާތް ކޯމަތި ދުޅަވުމާއި އިތުރު ކުދި އަނިޔާތައް ހުރިކަމަށްް ފުލުހުން ބުނެއެވެ.
މި ޒުވާނާއަށް އިތުރު ފަރުވާދިނުމަށް މިހާރު އައްޑުއަށް ވަނީ ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;