
އެމްޓީސީސީގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާމެދުވެރިކުރައްވައި ވާހަކަ ދައްކަވަމުން ސައުދީ ވިދާޅުވީ، މިއަހަރުގެ ތެރޭގައި ޖުމުލަ 59 މަޝްރޫއެއްގެ މަސައްކަތް ނިންމާނެ ކަމަށެވެ.
އެމްޓީސީސީގެ ސީއީއޯ ވިދާޅުވިގޮތުގައި، މިއަހަރު ނިމޭނެ މަޝްރޫއުތަކުގެ ތެރޭގައި މިއަހަރު ހާއްސަ މަޝްރޫއުތަކުގެ ގޮތުގައި ހަވާލުކޮށްފައިވާ 20 މަޝްރޫއެކެވެ. އޭގެ ތެރޭގައި މިހާރު ކުރިއަށްދާ 39 މަޝްރޫއު ވެސް ހިމެނެއެވެ. އަދި އެވްރެޖުކޮށް މަހެއްގެ ތެރޭގައި 6 މަޝްރޫއު ނުވަތަ 7 މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، މަޝްރޫއުތައް ކުރިއަށްދާ ގޮތުން އަންނަ އަހަރު 72 މަޝްރޫއެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް އެމްޓީސީސީގެ ސީއީއޯ ވިދާޅުވިއެވެ.
ސައުދީ ވިދާޅުވީ، 2026 ވަނަ އަހަރުގައިވެސް 72 މަޝްރޫއެއްގެ މަސައްކަތް ނިންމާނެ ކަމަށާއި، އެގޮތުން 2028 އާ ހަމައަށް ދާއިރު އެމްޓީސީސީއާ ހަވާލުކޮށްފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ހަތަރު މަޝްރޫއެއް ފިޔަވައި ބާކީ ހުރިހާ މަޝްރޫއެއް ނިމިފައި ހުންނާނެކަމަށެވެ.