ads
ކާނާ ވިހަ ވެފައި ހުރި މީހެއް
ކާނާ ވިހަވަަނީ ކީއްވެ؟ ހައްލަކީ ކޮބާ؟
‎‎ކާބޯތަކެތި ވިހަވުމަކީ ތައައްޔަރުވެފައިވާ ކާނާ ނުވަތަ ބުއިންތައް ބޭނުންކުރުމުގެ ސަބަބުން އާންމު ސިއްހަތަށް ދިމާވާ ސީރިއަސް މައްސަލައެކެވެ.
Advertisement

ސިއްހީ ހިދުމަތް ތެރިން ވިދާޅުވާ ގޮތުގައި މި ތައައްޔަރުވުމަކީ ބެކްޓީރިއާ، ވައިރަސް، ޕެރަސައިޓް ނުވަތަ ވިހަ މާއްދާތަކުގެ ސަބަބުން ދިމާވެދާނެ ކަމެކެވެ. އެންމެ ގިނައިން ސިއްހަތައް މި ނުރައްކާ ދިމާ ވަނީ ސަލްމޮނެލާ، އީ.ކޮލައި، ލިސްޓިރިއާ، އަދި ނޯރޯވައިރަސް އިން ނެވެ. އެވެ. 

އާންމުކޮށް ތައައްޔަރުވުން ދިމާވަނީ ކާބޯތަކެތި ބެލެހެއްޓުމުގެ ތެރޭގައި ސާފުތާހިރުކަން ދަށްވުމާއި، ރަނގަޅަށް ރައްކާ ނުކުރުމާއި، ނުވަތަ ބަދިގެތަކާއި ކާބޯތަކެތީގެ ސްޓޯލްތަކުގައި ކްރޮސް ކޮންޓެމިނޭޝަންގެ ސަބަބުންނެވެ. 

ކާނާ ވިހަވުވުމް އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި މޭނުބައިކުރުމާއި ހޮޑުލުން، ބޮޑުކަމު ދިޔުމާއި (ބައެއް ފަހަރު ލޭއައުން)، ބަނޑުގައި ރިއްސުން، ހުން، ބޮލުގައި ރިހުން، ބޯއެނބުރުން އަދި ވަރުބަލިވުން ވެސް ހިމެނެ އެވެ. ގިނަ ފަހަރު ޑީ-ހައިޑްރޭޝަން ތައައްޔަރުވެފައިވާ ކާނާ އެއް ކެވުމުން މަދު ގަޑިއިރެއްގެ ތެރޭގައި މި އަލާމާތްތައް ފެނިދާނެ އެވެ.

ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުން ވިދާޅުވާ ގޮތުގައި ކާނާ ވިހަވުމާ ގުޅުންހުރި ބޮޑެތި ގެއްލުންތަކާއި އުދަނގޫތަކަކާއި ކުރިމަތި ލާން ޖެހެ އެވެ. އޭގެ ތެރޭގައި ޑީހައިޑްރޭޝަން، ކިޑްނީ މައްސަލަ ޖެހުން އަދި ލިވާގައި މައްސަލަ ޖެހުން ފަދަ ސިއްހީ މައްސަލަތައް ހިމެނެ އެވެ. 

މި ކަހަލަ ބަލި ތަކަކީ ކުޑަކުދިން ނާއި އުމުރުން ދުވަސްވީ މީހުން އަދި އެ ނޫން ވެސް ހުރިހާ އުމުރު ފުރާތަކުގެ މީހުނަށް ނުރައްކާތެރިވާނެ ބަލިތަކެކެވެ. ބައެއް ފަހަރު ކާނާ ވިހަވުމުން ހާލަތު ގޯސްވެ ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ފަރުވާދީ، އައިވީ ފްލޫޑް ބޭނުންކުރުމާއި، ގާތުން މޮނިޓާ ކުރަންވެސް ޖެހެ އެވެ. 

މަދުން ނަމަވެސް އީ.ކޮލައި ފަދަ ކާނާގެ ސަބަބުން އުފެދޭ ބެކްޓީރިއާތަކުގެ ސަބަބުން ކިޑްނީ ފެއިލްވުން ނުވަތަ ދިގުމުއްދަތަކަށް ހަޖަމުކުރުމުގެ މައްސަލަތައް ކުރިމަތިވާކަމަށް ސިއްހީ ތަޖުރިބާކާރުން ލަފާ ދެއްވަ އެވެ. ރޯ ބިސް ފަދައިން ރޯ ކިރުން ވެސް ކާނާ ވިހަވުން ކައިރި އެވެ. ތަކުރާރުކޮށް އިންފެކްޝަންތައް ޖެހުމުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ރައްދު އަދި ޖުމްލަ ސިއްހަތަށް އަސަރު ފޯރުވަ އެވެ. އަދި އެކަށީގެންވާ އަވަސް ފަރުވާ ނުދެވިއްޖެ ނަމަ، ސިއްހަތަށް ގެއްލުންވެ ބަލީގެ ހާލަތު ބޮޑުވެ ދާއިމީ ފަރުވާއަކަށް ވެސް ދާން ޖެހެ އެވެ.

  • ކާނާ ވިހަވުމުން ރައްކާތެރިވުމާއި ހައްލު

‎ކާނާ ވިހަވުމުގެ ނުރައްކާ ކުޑަކޮށް، ފައިދާހުރި ގޮތެއްގައި މެނޭޖްކުރުމަށްޓަކައި ސިއްހީ މާހިރުން ލަފާ ދެނީ ހައިޑްރޭޓް ވެފައި ހުރިނަމަ ގިނައިން ފެން ނުވަތަ ދިޔާ އެއްޗިސް ބޮއި ރީހައިޑްރޭޓް ކުރުމަށެވެ. އަލާމާތްތައް ލުއިވުމުން، ބާސްމަތީ ރައިސް، ޓޯސްޓް، އަދި ދޮންކެޔޮ ފަދަ ބްލަންޑް ކާނާ ބޭނުންކުރެވިދާނެ އެވެ. އަދި ހަށިގަނޑު ފުރިހަމައަށް ރަނގަޅުވުމަށް ބޭނުންވާ ވަގުތު ހޯދުމަށް އަރާމު ކުރުން މުހިންމުމެވެ. އަދި ހާއްސަކޮށް އަމިއްލައަށް ބޭސް ކުރުމާ ދުރުވެ ޑޮކްޓަރުގެ ލަފާ ހޯދުން ވަރަށް މުހިންމެވެ. ސަބަބަކީ ކާނާ ވިހަވުމުގެ މައްސަލަ ދިމާވެ ބަނޑުގައިވާ ދަރިފުޅަށް ގެއްލުން ވުމުގެ ހާދިސާތައްވެސް ވަރަށް ގިނަ ފަހަރު ރިޕޯޓްކޮށްފައި ހުރުމެވެ.

އެމެރިކާގެ އެގްރިކަލްޗްރަލް ޑިޕާޓްމަންޓުން ބުނާ ގޮތުގައި ކާނާ ވިހަވުން ފަދަ ކަމަކުން ރައްކާތެރި ވެވިދާނެ އިތުރު ގޮތްތަކަކީ:  

- ކާއެއްޗެހި ތައްޔާރުކުރުމުގެ ކުރިން ނުވަތަ ކެއުމުގެ ކުރިން އަތްދޮވުން 

- ކައްކާ ހުރިހާ ތަނާއި ސާމާނު ރަނގަޅަށް ސާފުކުރުން 

- ފޮތި ތުވާލީގެ ބަދަލުގައި، އެއް ފަހަރު ބޭނުންކޮށްލެވޭ ކަރުދާސް ޓިޝޫ ބޭނުން ކުރުން

- ބަދިގޭގައި ބޭނުންކުރާ ތުވާލި، ޑިޓާޖެންޓް ލައިގެން ރަނގަޅަށް މެޝިނުން ދޮވުން. (އެއް ތުވާލިކޮޅަށް ވުރެ ގިނަ ތިވާލިކޮޅު ބޭނުން ކުރުން) 

- ރައްކާތެރި އެތެރޭގެ ފިނިހޫނުމިނަކަށް ކާނާ ކެއްކުން

- ބާކީ ހުންނަ ތަކެތި ވައި ނުވަންނަ ކޮންޓެއިނަރުތަކުގައި ރައްކާކޮށް ދެ ގަޑިއިރުގެ ތެރޭގައި ފިނިކުރުން

- މަހުގެ ބާވަތްތައް ފަދަ އެއްޗެހި ކައްކައި ހަދާ ނަމަ ބަދިގޭގެ ސާފުތާހިރު ކަމަށް އިތުރު ސަމާލު ކަމެއް ދިނުން

މީގެ އިތުރުން މަގުމަތީގެ ކާނާ ނުވަތަ ރައްކާތެރި ނޫން ކާނާ ކެއުމުން ދުރުހެލިވެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގައިޑްލައިންތަކަށް ހާއްސަ ސަމާލުކަމެއް ދީ ކައިވެނި ހަފްލާތަކާއި އުފަންދުވަހުގެ ހަފްލާތަކުން ފެންނަ ކާތަކެއްޗަށް ހާއްސަ ސަމާލުކަމެއް ދިނުން ވަރަށް މުހިންމު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް