ads
އެއާ އަރޭބިއާގެ ކުރޫ: ފޮޓޯ އެއާ އަރޭބިއާ
އެއާ އަރޭބިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް ދެގުނަ އިތުރުކޮށްފި
އެއާ އަރޭބިއާއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ކުރަމުންދާ ދަތުރުތައް ދެގުނަ އިތުރުކޮށްފިއެވެ.
Advertisement

މި ނިންމުމަކީ ޝާރުޖާއިން ރާއްޖެއަށް ދަތުރުތައް ފެށި ތާ އެއް އަހަރު ފަރުން ފާހަގަކުރުމަށް ގެނައި ބަދަލެއްކަމަށް ކުންފުނިން ބުންޏެވެ.

އެއާ އަރޭބިއާގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު އަދެލް އަލް އަލީ ވިދާޅުވީ ދަތުރުތައް އިތުރުކުރަން ނިންމީ ރާއްޖެއަށް ދަތުރުކުރަން ބޭނުންވާ ފަސިންޖަރުންނަށް އިތުރު ވަގުތާއި ދަތުރުތައް ހޯދައިދިނުމަށް ކަމަށެވެ. އިތުރު ދަތުރުތައް ތާވަލުކުރަން ނިންމީ ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް އިތުރުވަމުން އަންނާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއާ އަރޭބިއާއިން ބުނީ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އަތްފޯރާފަށުގައި، އިތުބާރުހުރި އަދި އަގުހެޔޮ ވައިގެ ދަތުރުތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ކުންފުނީގެ އަމާޒަކީ ޓޫރިސްޓުންނަށް ދަތުރުފަތުރުގެ ފަސޭހަތައް ހޯދައިދީ، ރާއްޖެއަށް ދަތުރުކުރުމަށް ފުރުސަތުތައް އިތުރުކުރުން ކަމަށްވެސް ކުންފުނިން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް