
މާލޭގައި 2019 ވަނަ އަހަރު ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން، ރާއްޖޭގެ އުތުރުގެ ރަށަކަށް ނިސްބަތްވާ މީހަކާ ދެކޮޅަށް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ކުރީގެ އަނބިމީހާ، އެހެން މީހަކާ އިންނަށް އުޅުމުން، އެ މީހާއަށް ހަމަލާދީފައިވަނީ އެސްލޯނު ހޮޅިއަކުންނެވެ. މި ހަމަލާތަކާ ގުޅިގެން އެ މީހާއަށް އެކިވަރުގެ އަނިޔާގެ ހޮސްޕިޓަލުން ފަރުވާވެސް ހޯދަން ޖެހުނެވެ.
މި މައްސަލައިގެ ޝަރީއަތުގައި އަނިޔާ ކުރި މީހާވަނީ، އޭނާ އަނިޔާ ކުރިކަމަށް ދައުލަތުން ކުރި ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައި މައްސަލަ ސާބިތުވީއެވެ.
މި މައްސަލައިގައި އަނިޔާ ކުރި މީހާގެ މައްޗަށް އިއްވީ އެއް އަހަރާއި ހަތްމަހާއި އެއް ދުވަހުގެ ޖަލު ހުކުމެކެވެ. މި ހުކުމް އިއްވާފައިވަނީ ޖޫން މަހުގެ ހަތަރުވަނަ ދުވަހުއެވެ.