ދާއޫދު މި މަހުގެ 1 އިން ފެށިގެން މަސައްކަތުން "އެކަހެރި" ކޮށް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނަށް ރިޕޯޓް ކުރަން އެންގެވިއިރު، އެމްއެމްޕީއާރްސީގެ ފައިސާ އާއި ކާކަން ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ ދާއޫދަށް ލިިބިފައިވާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިދިޔަ މަހުގެ 14 ވަނަ ދުވަހު ވަނީ ރިޕޯޓެއް އާންމުކޮށްފަ އެވެ.
މި ތުހުމަތުތައް ދާއޫދު ވަނީ ދޮގުކޮށްފަ އެވެ.
ހުޅުމާލެ ހިންގުމުން އެކަހެރި ކުރި ނަމަވެސް، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ ބައްދަލުވުމެއްގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވި ދާއޫދަށް އިތުރު ފިޔަވަޅެއް އެޅިކަން މިހާތަނަށް ކަށަވަރުވެފައެއް ނުވެ އެވެ.
ދާއޫދުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ފެންމަތިވުމާ އެކު، ހުޅުމާލެ ޕޮލިސް ހިންގުން އަހުމަދު މުހައްމަދާ މިިދިޔަ މަހުގެ 14 އިން ފެށިގެން ވަގުތީގޮތުން އޮތީ ހަވާލުކޮށްފަ އެވެ. އެކަމަކު އޭރު ފުލުހުން ބުނީ، އެގޮތަށް ހަމަޖެއްސީ ދާއޫދު ޗުއްޓީގައި ހުންނެވުމުން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފައިވާ ދާއޫދު އެސިސްޓެންޓް ކޮމިޝަނަރު ކަމަށް ޕްރޮމޯޓުކުރީ މި ސަރުކާރުގައި 17 ސެޕްޓެންބަރު 2024 ގައެވެ. އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްއަކީ ފުލުހުންގެ މުއައްސަސާއިން ޕްރޮމޯޝަން ލިބިގެން އާދެވޭ އެންމެ މަތީ މަގާމެވެ.
މީގެ ކުރިން ދާއޫދުވަނީ ފުލުހުންގެ ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާއި ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމު އަދައިކުރައްވައިފަ އެވެ. އަދި، ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ޑެޕިއުޓީ ހެޑުގެ މަގާމު ވެސް ދާއޫދު ވަނީ އަދައިކުރައްވައިފަ އެވެ.