ads
އެއާ އިންޑިއާ--
242 މީހުންނާއެކު ދަތުރު ކުރި އެއާ އިންޑިއާ ފްލައިޓެއް ވެއްޓިއްޖެ
އަހުމަދުއާބާދުގެ ސަރުދާރު ވަލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއަޕޯޓުން ދަތުރުކުރަން ފެށި ތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ލަންޑަނަށް ދަތުރުކުރަމުން ދިޔަ އެއާ އިންޑިއާގެ ފްލައިޓެއް ވެއްޓިއްޖެއެވެ.
Advertisement

ޖުމްލަ 230 ފަސިންޖަރުންނާއި 12 ކުރޫ މެންބަރުން ހިމެނޭ ގޮތަށް 242 މީހުން ބޯޑުގައި ތިބި އެ ފްލައިޓަކީ ބޯއިންގް 787-8 ޑްރީމްލައިނަ މަތިންދާބޯޓެކެވެ. ފްލައިޓު ވެއްޓިފައިވަނީ އެއަޕޯޓު ކައިރީގައިވާ މެގަނިނަގަރު ސަރަހައްދަށެވެ. ގުޖަރާތު ސްޓޭޓް ޕޮލިހުން މި މައުލޫމާތު ދީފައިވެއެވެ.

ހާދިސާ ހިނގި ސަރަހައްދުން ކަޅު ދުން އުދުހެމުންދާ މަންޒަރު ފެނި، ގިނަ އަދަދެއްގެ އަލިފާން ނިއްވާ ވެހިކަލްތަކާއި އެމްބިއުލާންސްތައް އެ ސަރަހައްދަށް ފޮނުވާފައިވެއެވެ. ހާދިސާއާ ގުޅިގެން އެއަޕޯޓު ވަގުތީގޮތުން ބަންދުކޮށްފައިވާއިރު، ހާދިސާގައި ދިމާވި މީހުންގެ ހާލަތާއި ހާދިސާ ހިނގި ސަބަބާބެހޭ ގޮތުން އަދި ރަސްމީ މައުލޫމާތު ލިބިފައެއް ނުވެއެވެ. އަދި ނުރަސްމީ ރިޕޯޓުތަކަކުން ބުނަނީ ކުރީގެ ގުޖަރާތު ޗީފް މިނިސްޓަރު ވިޖޭ ރުޕާނީ އެ ފްލައިޓުގައި އިންނެވިކަމަށާއި، އޭނާއަށް އަނިޔާވެފައިވާކަމަށެވެ.

ހާދިސާއާ ގުޅިގެން ޔޫނިއަން ހޯމް މިނިސްޓަރު އަމިތް ޝާ ވަނީ ގުޖަރާތު ޗީފް މިނިސްޓަރު ބުޕެންދްރަ ޕަޓޭލް އާއި ގުޖަރާތު ހޯމް މިނިސްޓަރު ހަރްޝް ސަންގަވީއާ ވާހަކަ ދެއްކުމަށްފަހު ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭން ކަށަވަރުކޮށްދީފައެވެ. ސިވިލް އޭވިއޭޝަން މިނިސްޓަރު ކޭ. ރަމްމޯހަން ނައިޑޫ ދަނީ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގަންނަވަމުންނެވެ. އެ ފްލައިޓަކީ ލަންޑަން ގެޓްވިކް އެއަޕޯޓަށް ދަތުރުކުރަން ފުރި ފްލައިޓް އޭއައި 171 އެވެ. ދަތުރަށް ބޭނުންވާ ތެޔޮ ފުރިހަމައަށް އެޅުމަށްފަހު ފުރުން ތަންކޮޅެއް ލަސްވުމުން އެ ފްލައިޓު ދަތުރު ފެށީ މެންދުރު އިންޑިާ ގަޑިން 1:17 ގައެވެ. ހާދިސާ ހިނގާފައިވަނީ ފްލައިޓު އަރަން ފެށުމަށްފަހު ވަރަށް އަވަހަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް