ads
ސީލައިފް އިން އަޅާނެކަމަށް ބުނި ފްލެޓްތަކުގެ ކުރެހުމެއް
އެޗްޑީސީން ސީލައިފްއާ ދެކޮޅަށް ކުރި 49 މިލިއަން ރުފިޔާގެ ދައުވާ އަނބުރާގެންގޮސްފި
އެޗްޑީސީން ސީލައިފްއާ ދެކޮޅަށް ކުރި 49 މިލިއަން ރުފިޔާގެ ދައުވާ އަނބުރާ ގެންގޮސްފިއެވެ.
Advertisement

ހުޅުމާލޭގައި ސީލައިފް އިން ހިންގި ހައުސިން މަޝްރޫއުގެ ފްލެޓްތަކަށް މީހުންގެ އަތުން ނެގި އެޑްވާންސް ފައިސާ އަނބުރާ ދައްކަން ޖެހުނު މައްސަލާގައި ކުރި މި ދައުވާ އަނބުރާ ގެންދިޔަ ނަމަވެސް، އަލުން ހުށަހެޅުމުގެ ހައްގު އޮތްގޮތަށް ކަމަށް ކޯޓުން ނިންމާފައިވެއެވެ.

ސީލައިފް އިން ހަދަން ހަވާލުވި ފްލެޓްތަކުގެ މަސައްކަތް ނުނިމި، ފްލެޓްތަކުގެ ބުކިން ފީ އަދި ޑައުންޕޭމަންޓަށް ދެއްކި ފައިސާ އަނބުރާ ނުލިބުމުން 203 މީހަކު ސީލައިފް އާއި އެޗްޑީސީއާ ދެކޮޅަށް ދައުވާކުރިއެވެ. އެޗްޑީސީން މިހާތަނަށް 180 މީހަކަށް 46 މިލިއަން ރުފިޔާ ދައްކާފައިވާއިރު، 23 މީހަކަށް އަދިވެސް ފައިސާ ނުދެއްކެއެވެ. މި 46 މިލިއަން ރުފިޔާއާއި، ބާކީ 23 މީހުންނަށް ދޭންޖެހޭ ދެ މިލިއަން ރުފިޔާ އަދި އިދާރީ ހަރަދުތަކާއެކު 49 މިލިއަން ރުފިޔާ ސީލައިފް އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ އަތުން ހޯދުމަށް އެޗްޑީސީން ދައުވާކުރިއެވެ.

މި މައްސަލާގައި އެޗްޑީސީން ކޯޓަށް ސިޓީއެއް ފޮނުވައި ދައުވާ އަނބުރާ ގެންދިއުމަށް އެދުމުން، މިދިޔަ އަންގާރަ ދުވަހު ކޯޓުން ވަނީ ދައުވާ ބާތިލުކޮށްފައެވެ. މިދިޔަ މާޗު މަހު ސިވިލް ކޯޓުން ވަނީ ސީލައިފާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުން އެޗްޑީސީން ބާތިލްކުރީ ރަނގަޅަށް ކަމަށާއި އެޗްޑީސީން ސީލައިފަށް އެކަމާ ގުޅިގެން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ހުކުމްކޮށްފައެވެ. ސީލައިފްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް ދައުލަތުން ކްރިމިނަލް ކޯޓުގައި ކޮށްފައިވާއިރު، އެ މައްސަލަތަކުގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް