ads
މާލެ މަގުމަތި
މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ، ލިބޭނީ ދެދުވަސް ފަހުން
މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފުލުހުން ނިންމާ އެކަން އިއުލާންކޮށްފިއެވެ.
Advertisement

ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މަޖީދީމަގުގައި ޕާކުކޮށްފި ނަމަ އެ ވެހިކަލެއް ދުއްވި މީހާއަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން މަޖީދީމަގުގައި ޕާކުކުރާ ވެހިކަލްތައް ޓޯ ކުރަން މިއަދުން ފެށިގެމް ފަށާފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މަޖީދީމަގުގައި ޓޯ ކޮށްގެން ނަގާ ވެހިކަލެއް އަނބުރާ ލިބޭނީ 2 ދުވަސް ފަހުން ކަމަށެވެ.

ފުލުހުން ވަނީ މަޖީދީމަގުގައި ޕާކު ނުކުރުމަށް އިލްތިމާސްކޮށްފައެވެ. 

ކުރިން މަޖީދީމަގުގައި ޕާކުކުރުމަކީ މަނާކަމެކެވެ. އެހެންނަމަވެސް މިހާރު މަޖީދީމަގުގެ ދެ ފަރާތުގައި ޕާކުކުރުން ވަނީ އާއްމުވެފައެވެ. އަދި އެކަމުގެ ސަބަބުން މުޚި މަގު އޮންނަނީ ވެހިކަލްތައް ފުނި ޖެހި ތާށިވެފައެވެ. 

.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް