ފުލުހުން މިއަދު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ވަނީ، މާލޭގައި ހުންނަ، އެމްޓީސީސީގެ ވިލިމާލެ ފެރީ ޓާމިނަލްގައި ހިންގާ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ފިހާރައިން ވައްކަން ކޮށްފައި ވަނީ ހުކުރު ވަގުތަށް ފިހާރަ ބަންދުކޮށްފައި ހުއްޓައި، އެ ތަނުގެ ޓިނު ނަގައިގެން ވަދެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ފިހާރައިން ފޯނަކާއި ފައިސާ ވަގަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.
ވިލިމާލެ ފެރީ ޓާމިނަލްގައި ހިންގާ އެ ކުޑަ ފިހާރައަކީ 24 ގަޑިއިރު ހިދުމަތް ދޭ ތަނެކެވެ. އެތަން ބަންދުކުރަނީ ހުކުރު ވަގުތަށް އެކަންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.