
މި އަހަރުވެސް ރައްޖެއިން ވަނީ 1000 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައެވެ.
ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައުމުގެ ތެރެއިން
މި އަހަރު ހައްޖަށް ދިޔަ ހައްޖާޖީން ރާއްޖެ އަންނަނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގްރޫޕްގައި ހިމެނޭ 250 ހައްޖާޖީން މިއަދު ވަނީ ރާއްޖެ އައިސްފައެވެ.
ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައުމުގެ ތެރެއިން
ހައްޖުވެރިން އައުމަށް ހަމަޖެހިފައިވާގޮތް
13 ޖޫންގައި 14:00 ގައި (ސައުދީ އެއާގައި)
14 ޖޫންގައި 23:00 ގައި (މޯލްޑިވިއަންގައި)
17 ޖޫންގައި 23:00 ގައި (މޯލްޑިވިއަންގައި)
16 ޖޫންގައި 14:00 ގައި (ސައުދީ އެއާގައި)
ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައުމުގެ ތެރެއިން
ހައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާ ވެސް މަދުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.