ads
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯ
ރައުދު އެންމެ ފަހުން ރާއްޖޭން ބޭރަށް ފުރުވާލީތަ؟
ޔުމްނު ވެއްޓުނު މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ރައުދު ރާއްޖޭން ބޭރަށް ފުރުވާލައިފި ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ފެތުރެން ފަށައިފިއެވެ.
Advertisement

ރައުދުގެ މައްޗަށް ދައުވާކުރީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ އެއް މަހާއި ހަ ދުވަހުގެ ހުކުމެކެވެ.

ސޯޝަލް މީޑިއާގައި މިއަދު ދެކެވެމުންދާ ވާހަކައަކީ ރައުދު ރާއްޖޭން ބޭރަށް ފުރުވާލައިފިކަމުގެ ވާހަކަތަކެވެ. އަދި ރައުދު ކަމަށް ސޯޝަލް މީޑިއާގައި ތުހުމަތު ކުރެވޭ މީހަކު ދަބަހެއް އަޅައިގެން އިތުރު ބަޔަކާއެކު އެއަރޕޯޓުގައި ހުރި މަންޒަރު ފެންނަ ފޮޓޯއެއްވެސްވަނީ އާއްމުވެފައެވެ. އެހެންނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން ރައުދު ފުރިކަން ކަށަވަރުކޮށެއް ނުދެއެވެ. އަދި ނުފުރާ ކަމަކަށްވެސް ނުބުނެއެވެ. ކުރިން ރައުދުގެ ޕާސްޕޯޓް ހިފެހެއްޓިނަމަވެސް އެކަމުގައި ފަހުން ވީގޮތެއްވެސް ސާފެއް ނޫނެވެ. މި ކޭސްގެ ތަހުގީގުގައި ފުލުހުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށްވެއެވެ.

ޕީޖީ އޮފީހުން ބުނީ ރައުދު، 18 އެޕްރީލް 2025 ދުވަހު 04:54 އެހައިކަށްހައިއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ދައުވާ ކުރީ ކަމަށެވެ.

ރައުދުގެ މައްޗަށް ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ފުލުހުންނާއި ހެކިންގެ ބަޔާނުގެ އިތުރުން ފޮޓޯ ރިޕޯޓާއި ސީން އޮފް ކްރައިމްސް އޮފިސާސް ރިޕޯޓު އަދި އިތުރު ބައެއް ހެކި ގަރީނާ އެވެ.

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދައިފަ އެވެ. އެ ކޮމިޝަނުގެ މައިގަނޑު ބޭނުމަކީ ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދުމެވެ. އެ ކޮމިޝަން އުފެއްދީ އޭޕްރީލް 26، ގަ އެވެ. އެ ކޮމިޝަނުގެ މަސައްކަތް ނިންމައި އަންނަ ހަފްތާ ހިސާބުގައި ކޮމިޝަންގެ ރިޕޯޓް ހުށަހަޅާނެ ކަމަށްވަނީ ބެލެވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް