ހައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި ފައިސާ ހޯދުމަށް ފޯނަށް ލިންކު ހިމެނޭ މެސެޖުތަކެއް ފޮނުވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ހައްޖު ކޯޕަރޭޝަންގެ ނަމުގައި ފޮނުވާ މެސެޖުގައި ވަނީ، 'އެމްއެޗްސީއެލް'ގެ ނަމުގައި ހިދުމަތަކަށް ފައިސާ ދެއްކުމަށް އެދިފައެވެ. އަދި، އެ މެސެޖުގައި ލިންކެއްވަނީ ހިމަނާފައެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ، އެ ކޯޕަރޭޝަނުން ދޭ ދުމަތަކަށް ފައިސާ ޖަމާކުރުމަށް އަންގާނީ ކޯޕަރޭޝަންގެ ނަމުގައި ހެދިފައިވާ ރަސްމީ ބޭންކު އެކައުންޓުތަކަށްކަމަށެވެ.
އީދު ބަންދުގައި އެކަނިވެސް ސްކޭމްގެ 35 މައްސަލަ ފުލުހުންނަށް ވަނީ ހުށައަޅާފައެވެ. އެ ހަފުތާގައި އެކަނި ތިން ލައްކައެއްހާ ރުފިޔާ ގެއްލުނު ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.