ads
އެފްއޭއެމް މިހާރު ހިންގާ ނޯމަލައިޒޭޝަން ކޮމިޓީގެ ބައެއް މެންބަރުން
އެފްއޭއެމުން އެންމެ ފަހުން ކުންފުނިތަކާ ދެކޮޅަށް ކޯޓަށް ދާން ފަށައިފި
ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ، ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑް އަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތިން މިލިއަން ތިން ލައްކަ އަށްޑިހަ ދެހާސް ޑޮލަރު (ފަންސާސް ދެ މިލިއަން އެއް ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ސާޅީސް ރުފިޔާ) ދައްކަން ސިވިލް ކޯޓުން ސިވިލް ކޯޓުން ކުރި ހުކުމް، އެފްއޭއެމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
Advertisement

އެފްއޭއެމުން ހައިކޯޓަށް ހުށަހެޅި މައްސަލައަކީ، ވިލިމާލޭގައި އެޅި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރި މީހުންނަށް ފައިސާ ނުދީގެން، ތިން މިލިއަން ޑޮލަރު ހޯދަން އެ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމެވެ.

މި މައްސަލައިގައި ސިވިލް ކޯޓުގައި އެ ކުންފުނިން އެދިފައިވަނީ އެފްއޭއެމް އާއި ޓީކުއިން ކޮންސްޓްރަކްޝަން ދެމެދުގައި، 20 މާޗް 2021 ގައި، ވެވުނު، އެ އެއްބަސްވުމުގެ ދަށުން ވިލިމާލެ އާއި ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ފުޓްބޯޅަ ދަނޑުތަކުގެ އަގުތަކުގެ ގޮތުގަޔާއި ހުޅުމާލޭގައި ކުރެވިފައިވާ ރީކޮންސްޓްރަކްޝަންގެ މަސައްކަތުގެ އަގުގެ ގޮތުގަޔާއި އެފްއޭއެމް އިން އަންގައިގެން ގެނެވުނު ބަދަލުތަކުގެ އަގު އަދި މި މައްސަލައިގެ ތެރޭގައި، ގާނޫނީ ކަންކަން ފުރިހަމަ ކުރަން ހިނގި ހަރަދުތަކުގެ ގޮތުގައި، ޓީކުއިން ކޮންސްޓްރަކްޝަން އިން ހުށަހެޅީ، އެފްއޭއެމް އަތުން ފަސް މިލިއަން، ނުވަ ލައްކަ އެގާރަ ހާސް ދުއިސައްތަ ޑޮލަރު ހޯދުމަށެވެ.

އެކަމަކު، މައްސަލަ ނިންމިއިރު، ކޯޓުން އެންގީ، ތިން މިލިއަން ތިން ލައްކަ އަށްޑިހަ ދެހާސް ޑޮލަރު (ފަންސާސް ދެ މިލިއަން އެއް ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ސާޅީސް ރުފިޔާ) ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށެވެ. އެ ހުކުމް، އެފްއޭއެމްގެ ގައިރު ހާޒިރުގައި މިދިޔަ އަހަރު ފަހުކޮޅު ކުރުމުން، އެފްއޭއެމުން އަލުން އެ މައްސަލަ ރިވިއުކޮށްދޭން ކޯޓުގައި އެދުނެވެ. އެހެންނަމަވެސް އެފްއޭއެމުން އެދުނު ގޮތަށް، އެ ނިންމުން ރިވިއު ކުރަން ޖެހޭ ސަބަބެއް ކޯޓުގައި ބުނެނުދެވުމުން އެ ހުކުމް ދެމެހެއްޓީއެވެ. އެފްއޭއެމުން ހައިކޯޓަށް ހުށަހެޅީ މި މައްސަލައެވެ. އެކަމަކު މި މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނުނިންމައެވެ. މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ ހަފްތާގައެވެ.

އެފްއޭއެމްގެ މާލީ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާއިން ވަނީ އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ މިދިޔަ އޮގަސްޓް މަހު ހަވާލުކޮށްފަ އެވެ.

އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާތީ އާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އަދި ފީފާ އިން އެފްއޭއެމް އަށް ދިން ކޮވިޑް ލޯނުން، ބައްސާމް ވަނީ އަމީން އެވެނިއު އިން ދެ ޕެންޓް ހައުސް ގަނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް