ads
މީހަކު ލޭ ހަދިޔާކުރަނީ
ލޭ ދިނުމަކީ އެތައް ބައެއްގެ ފުރާނައަށް އަސަރުކުރާނެ ހިތްވަރުގަދަ އަމަލެއް!
ކޮންމެ ލޭ ތިއްކަކީވެސް އާއިލާތަކަށް އާ އުއްމީދު ގެނެސްދީ، ސިއްހީ ހިދުމަތުގެ ނިޒާމުތައް ހަރުދަނާކޮށް، ދުނިޔެ ރަނގަޅު، އުޖާލާ ތަނަކަށް ވާ ސަބަބެކެވެ. ސިއްހީ އޮފިޝަލުން ގަވާއިދުން އަދި ހިލޭސާބަހަށް ލޭ ހަދިޔާ ކުރުމަށް އިލްތިމާސް ކުރަމުންދާއިރު، ލޭ ދިނުމަކީ ތިބާގެ ފަރާތުން އަނެކާއަށް ދެވޭނެ ބޮޑު ސޮދަގާތެކެވެ. ހިތް ވަރެކެވެ. ދާއިމީ ސިއްހީ ފަސޭހައެއްގެ އެހީ އެކެވެ.
Advertisement

ވޯލްޑް ބްލަޑް ޑޯނާ ޑޭ ނުވަތަ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހަކީ ލޭހަދިޔާ ކުރުމުގެ މުހިންމުކަމާއި، މިއިން ލިބޭ ފައިދާ އަދި ރައްކާތެރި ގޮތުގައި ލޭ ހަދިޔާކުރުމާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. މީގެއިތުރުން ލޭ ހަދިޔާ ކުރާ މީހުންގެ އަގުވަޒަން ކުރުމަކީވެސް މިދުވަސް ފާހަގަކުރުމުގެ ބޭނުމެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ހޮސްޕިޓަލްތަކާއި ޖަމިއްޔާތަކުން މި ހިމޭން ބަތަލުންގެ އޯގާތެރިކަމާއި، އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ހިންގަ އެވެ. އަދި ލޭ ހަދިޔާކުރާ ފަރާތްތަކުގެ ސަބަބުން، އެތައް ބައެއްގެ ދިރިއުޅުން އާ މަގަކަށް އެޅި، އުއްމީދީ މާދަމާއެއް ހޯދުމަށް ހިތްވަރެއް ލިބެ އެވެ.

ތިބާ ހަދިޔާކުރާ ލެއިން އެތަށް ފުރާނަ އެއް ސަލާމަތް ވެ އެވެ. ތިބާގެ ކުޑަ ވަގުތުކޮޅުގެ ދީލަތި އިސްނެގުމުން ކުއްލި ހާލަތްތަކުގައާއި، ބޮޑެތި ސާޖަރީތަކުގައާއި، ކެންސަރު އަދި ތެލެސީމިއާ ފަދަ ބަލިތަކަށް ފަރުވާދިނުމުގައި އެތައް ފަސޭހައެއް ލިބި އެތަށް ޑޮކްޓަރުންނާއި ބަލީމީހާއަށް އުފާ ލިބެއެވެ. ހިންހަމަޖެހުން ލިބެ އެވެ. އެންމެ ފަހަރަކު ހަދިޔާ ކުރެވޭ ލެއިން ތިން މީހެއްގެ ފުރާނަ ސަލާމަތްކުރުމުގެ އެހީ އަކަށް ވުމަށް ވުރެ ބޮޑު ދެވަނަ އުފަލެއް ވޭ ހެއްޔެވެ؟

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިއްހީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކާއި، އަދި މަދަނީ ޖަމިއްޔާތަކުން ދިގު މުއްދަތަކަށް ލޭ ހަދިޔާކުރާ ފަރާތްތަކުގެ އަދަދު އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދެ އެވެ. މީގެ ތެރޭގައި ހާއްސަ ޕްރޮގްރާމްތަކާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި، އަދި އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ހަފްލާތައް ހިމެނެ އެވެ. 

ރާއްޖެއަކީ ވެސް މިހާރު ލޭހަދިޔާކުރުމާއި މިފަދަ ކެމްޕޭނުތަކަށް ހޭލުންތެރި ރައްޔިތެއް އުޅޭ ގައުމެކެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަގްސަދަކީ ލޭ ހަދިޔާކުރުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމާއި، ލޭ ހަދިޔާކުރާ ފަރާތްތަކުގެ އަދަދު އިތުރުކުރުމެވެ. މި ހުރިހާ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން، ގިނަ ބަޔަކު ލޭ ހަދިޔާކުރުމުގެ މުހިންމުކަން ދެނެގަނެ، ލޭ ހަދިޔާކުރުމުގައި އިސްނަގަ އެވެ. މީގެ ސަބަބުން ދުޅަހެޔޮ މުޖުތަމައެއް ހޯދުމާއި އެއްބައިވަންތަކަން އާވެ އާލާވެ އެވެ.

ކޮންމެ އަހަރެއްގެ ޖޫންމަހުގެ 14 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގަ އެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ، "ގިވް ބްލަޑް، ގިވް ހޯޕް، ޓުގެދާ ވީ ސޭވް ލައިވްސް" މިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް