
އިންޑިއާގެ ހައިކޮމިޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އޮކްޓޯބަރު 24 ގައި އިންޑިއާގެ ރިޒާވް ބޭންކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ދެމެދު ވެފައިވާ މި އެއްބަސްވުމުން ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް މަގުފަހިވެފައިވާ ކަމަށް ބުންޏެވެ.
އިންޑިއާއިން އިތުރަށް ފާހަގަކުރި ގޮތުގައި، ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް "ސީސީސީ" ގައި ދެމެހެއްޓުމަށް މި ކަރަންސީ ސްވޮޕް އެއްބަސްވުން ވަނީ އެހީތެރިވެފައެވެ. ފިޗް ރޭޓިންގްސް އިން ޖޫން 12 ގައި ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވެ، ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ލުޔެއް ލިބިފައިވާކަން ފާހަގަކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ޖޫން 12 ގައި ނެރުނު ނޫސްބަޔާނެއްގައި ބުނާ ގޮތުން، ރާއްޖޭގެ ޓޫރިޒަމް ސެކްޓަރުގެ ހަރުދަނާ އަދާކުރުމާއި، ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ސަބަބުން ފިޗް ރޭޓިންގްސް އިން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގް "ސީސީސީ" ގައި ދަމަހައްޓާފައެވެ. މީގެ އިތުރުން، ރާއްޖޭގެ ޖީޑީޕީ 2025 ގައި 4.8 ޕަސަންޓު އަދި 2026 ގައި 6.0 ޕަސަންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭކަމަށްވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.