ads
ރުއަންގްސަކް ލޮއިސުއަސް އަދި ވިޝްވާޝް
ވެއްޓުނު ދެ ބޯޓުން ސަލާމަތްވީ ދެ މީހުން ވެސް ތިބީ އެއް ގޮނޑިއެއްގައި
މީގެ 27 އަހަރު ކުރިން ވެއްޓުނު ތައިލޭންޑުގެ މަތިންދާ ބޯޓުންވެސް ސަލާމްތްވި މީހަކާއި، މި މަހުގެ 12 ވަނަ ދުވަހު ވެއްޓުނު އެއާ އިންޑިއާގެ މަތިންދާ ބޯޓުން ސަލާމަތްވި ހަމައެކަނި މީހާ އިނީ އެއް ގޮނޑިއެއްގައި ކަން ހާމަވެއްޖެއެވެ.
Advertisement

މިގޮތުން "އޭ 11" ގޮނޑީގައި އިށީނދެގެން ތިބި ދެ މީހަކު، ގާތްގަނޑަކަށް 27 އަހަރުގެ ފަހުން ހަމަ އެއް ފަދަ ހާދިސާއެއްގައި ސަލާމަތްވުމުން އެކަން ވަނީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައެވެ. މިދިޔަ ހަފުތާގައި އަހުމަދާބާދުން ފުރި ލަންޑަންއަށް ދަތުރުކުރި އެއަރ އިންޑިއާގެ ފްލައިޓް އޭއައި171 ބޯޓު ކާރިސާއިން ދިރި ސަލާމަތްވި ހަމައެކަނި މީހަކީ 11އޭ ގޮނޑީގައި އިށީނދެގެން އިން ވިޝްވާޝް ކުމާރު ރަމޭޝްއެވެ.

ވިޝްވާޝް ކުމާރު ރަމޭޝް ހިންދުސްތާން ޓައިމްސްއަށް ވާހަކަދައްކަމުން ބުނެފައި "ފުރިތާ 30 ސިކުންތުފަހުން، ބާރު އަޑެއް އިވުނު. ދެން ބޯޓު ވެއްޓުނީ. އެހާ އަވަހަށް ހުރިހާކަމެއް ވެއްޖެ. ދޮރު ތަޅައިގެން ދިޔައިމަ އެތަން ފެނި ބޭރަށް ފުންމާލީ" ކަަމަށެވެ. އޭނާ ބުނީ އެނާ ވެއްޓުނީ ހޮސްޕިޓަލެއްގެ ގޯތި ތެރެއަށް ކަމަށެވެ. 

މި ޖޫން މަހުގެ 12، ވަނަ ދުވަހު ގައި އިންޑިއާގެ އަހުމަދާބާދުން ފުރި ލަންޑަން ބޮޑުގެއަށް ދަތުރުކުރި ބޯޓުގައި ތިބި 242 މީހުންގެ ތެރެއިން ސަލާމަތްވީ ވިޝްވާޝް ކުމާރު ރަމޭޝް އެކަންޏެވެ.

އެނާގެ ބޯޑިން ޕާސް ބެލުމުން އޭނާ އިށީނދެގެން އިނީ 11އޭ ގޮނޑީގައިކަން ހާމަވެފައިވެއެވެ. ވިޝްވާޝް އިށީނދެގެން އިނީ ބޯޓުގެ އިމަޖެންސީ އެގްޒިޓް ގޮނޑީގައެވެ. ނިއުސްވީކުން ހާމަކުރިގޮތުގައި 40 އަހަރުގެ ބްރިޓިޝް ރައްޔިތެއް ކަމަށްވާ ވިޝްވާޝް ސަލާމަތްވީ ބޯޓުގެ އިމަޖެންސީ އެގްޒިޓުން ބޭރަށް ފުންމާލައިގެންނެވެ. އޭނާއަށް ލިބުނު އަނިޔާތަކާއެކުވެސް ބޯޓު ހާދިސާ ވުމާއެކު ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހުނެވެ.

މިވާހަކަ ދުނިޔެއަށް ހާމަވުމުން، 1998 ވަނަ އަހަރު ތައިލެންޑުގައި ހިނގި ބޯޓު ހާދިސާއަކުން ސަލާމަތްވި ތައި ލަވަކިޔުންތެރިއެއް ކަމަށްވާ ރުއަންގްސަކް ލޮއިޗުސަކް ފޭސްބުކުގައި ލިޔުނު ޕޯސްޓެއްގައި ވަނީ މިވާހަކަ ހާމަކޮށްފައެވެ. "އިންޑިއާގެ ބޯޓު ހާދިސާއިން ސަލާމަތްވި މީހާ އިށީނދެގެން އިނީ ވެސް އަހަރެންގެ ގޮނޑީގައި، އޭ 11. އަޖައިބުވެއްޖެ. އަހަރެންގެ ހިތުގެ އިހުސާސްތައް މިވަގުތު ދަނީ ކެކިއަރަމުން." ކަމަށް ރުއަންގްސަކް ލޮއިސުއަސް ބުނެފައިވެއެވެ.

މިހާރު އުމުރުން 47 އަހަރުގެ ރުއަންގްސަކް 1998 ގައި ބެންކޮކުން ސުރަތް ތާނީއަށް ދަތުރުކުރި ތައި އެއާވޭސް ފްލައިޓް ޓީޖީ261 ބޯޓުގައި ދަތުރުކުރަނިކޮށް ބޯޓު ވައްޓައިލަން އުޅެނިކޮށް ފެންގަނޑަކަށް ވެއްޓުނެވެ. އެ ބޯޓުގައި ތިބި 146 މީހުންގެ ތެރެއިން 101 މީހުން މަރުވިއެވެ.

ރުއަންގްސަކް ލޮއިޗުސަކް ބުނީ "އެއާ އިންޑިއާގެ ބޯޓު ހާދިސާ ހިނގިތާ އެއް ދުވަސް ފަހުން ވިޝްވާޝް އަހަރެންނާ އެއް ގޮނޑީގައި އިށީނދެގެން ހުރިކަން އެނގުމުން ބޮޑަށް ހައިރާންވި،" ކަމަށެވެ.

ބޯޓުގެ ފަހަތުގައި އިށީނދެގެން ތިބުމަކީ އާންމުކޮށް އެންމެ ރައްކާތެރި ބައިކަމަށް ބެލެވޭއިރު، އެމްއައިޓީގެ އެއަރޮނޯޓިކްސް ޕްރޮފެސަރު ޖޮން ހޭންސްމަން ބުނީ "އާންމުކޮށް ބޯޓު ހާދިސާތަކުގައި ފަހަތުގައި އިށީނދެގެން ތިބުން ރަނގަޅު. އެއީ ކުރިމަތީ ބައި އިމްޕެކްޓް ބާރު އަންނައިރު ޝޮކް އެބްޒޯބަރެއްހެން މަސައްކަތްކުރާތީ." ކަމަށެވެ.  އެހެންނަމަވެސް ހޭންސްމަން ބުނީ ބޯޓުގައި ރައްކާތެރި ވަކި ގޮނޑިއެއް ނޯންނަކަމަށެވެ. - ބޯޓުގެ މޮޑެލް އަދި ހާދިސާގެ ބާވަތުން ރައްކާތެރި ގޮނޑި ބަދަލުވާކަމަށް ވެސް އޭނާ ބުންޏެވެ. 

އެއާ އިންޑިއާއިން މަޢުލޫމާތު ދިންގޮތުގައި ބޯޓުގައި އެވަގުތު ތިބި 242 މީހުންގެ ތެރެއިން 241 މީހުން ވަނީ މަރުވެފައެވެ.  މީގެ އިތުރުން ބޯޓު ޖެހުނު ހިސާބުގައި ހުރި ބީޖޭ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލް ވެސް ވަނީ ގެއްލުން ވެފައެވެ. 

0%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް