ads
ކަސްޓަމްސްގެ މުވައްޒަފުންތަކެއް
ކަސްޓަމްސް ނަމުގައި ސްކޭމް އެއް، ސަމާލުވާން ބުނެފި
މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ޕޭމަންޓެއް ދައްކަން ކަމަށް ބުނެ، އެސްއެސްއެސް މެދުވެރިކޮށް ލިންކެއް ފޮނުވައިގެން ސްކޭމެއް ހިންގަމުންދާތީ ސަމާލުވާން ބުނެފި އެވެ.
Advertisement

"އެމްއެޗްސީއެލް" ކިޔާ ގޮތް ނޭނގޭ ފަރާތަކުން އަންނަނީ މޯލްޑިވްސް ޕޯސްޓުގެ ނަމުގައި މެސެޖުތަކެއް އާންމުންނަށް ޓެކްސްޓު މެސެޖުތަކެއް ފޮނުވަމުންނެވެ. 

ކަސްޓަމްސްއިން ބުނީ އެ އިދާރާގެ އެއްވެސް ޕޭމަންޓެއް ދެއްކުމަށް އެދި ލިންކަކާއެކު އެސްއެމްއެސްއެއް ނުފޮނުވާނެ ކަމަށެވެ. އަދި އެ ފަދަ ލިންކުތަކަށް ސަމާލުވާން ވަނީ އެދިފައެވެ.

ކަސްޓަމްސްއިން ހިއްސާކުރި ޕޯސްޓުގައިވާ ގޮތުން އެ ފަދަ އެސްއެމްއެސްތަކުގައި ވަނީ ކަސްޓަމްސް ފީ ދައްކާފައިނުވާތީ، ޕޯސްޓު މެދުވެރިކޮށް ޖަހާފައިވާ އޯޑަރު ޑެލިވާ ނުކުރެވޭނެ ކަމަށެވެ. އޯޑަރު ލަސްވިޔަ ނުދިނުމަށް ކަމަށް ބުނެ، ފައިސާ ދައްކާނެ ލިންކެއް ވެސް އެ އެސްއެމްއެސްގައި ވެއެވެ.

"ކަސްޓަމްސްގެ އެއްވެސް ޕޭމަންޓެއް ދެއްކުމަށް އެދި ލިންކަކާ އެކު އެސްއެމްއެސްއެއް ނުފޮނުވާނެ،" ކަސްޓަމްސްއިން މިއަދު 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ސްކޭމްގެ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. ނިމުނު ބޮޑު އީދު ބަންދުގައި ސްކޭމްގެ 35 މައްސަލަ ހުށަހެޅިއިރު، އެ ހަފުތާގައި އެކަނި ތިން ލައްކައެއްހާ ރުފިޔާ ގެއްލުނު ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ސްކޭމު ކުރާ މީހުން މުއާމަލާތު ކުރުމަށް ވައިބާގެ އިތުރުން މެސެންޖާ، ޓެލެގްރާމް އަދި އިންސްޓަގްރަމް ވެސް ބޭނުންކުރާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، އޮންލައިން ޕްލެޓްފޯމު އައިބޭ އަދި ފޯނު ކޯލުތައް މެދުވެރިކޮށް ވެސް ސްކޭމަރުން ސްކޭމްތައް ހިންގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް