ads
އިރާނުގެ ހަމަލާއެއްގައި ގެއްލުންވި އިޒްރޭލުގެ ގެތަކެއް: ހަމަލާތަކުގައި އިޒްރޭލުގެ 200 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ
އިރާނުގެ ހަމަލާތަކުގައި އިޒްރޭލުން ގިނަ ބަޔަކު މަރުވެއްޖެ
އިޒްރޭލުން ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އިރާނުން ވޭތުވެދިޔަ ދެ ރޭ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ދިހައަކަށް އަރާފައިވާ ކަމަށް އިޒްރޭލު މީޑިއާތަކުން ބުނެފި އެވެ.
Advertisement

ރޭގެ ހަމަލާތަކުގައި އިޒްރޭލުން، މަދުވެގެން އަށް މީހަކު މަރުވެ 150 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ބުނެފި އެވެ.

އިޒްރޭލުގެ އިމަޖެންސީ ހިދުމަތްތަކުން ބުނި ގޮތުގައި އީރާންގެ ހަމަލާތަކުގައި ގެއްލުންވި އިމާރާތްތަކުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

އިރާނުން ހުކުރު ދުވަހުގެ ރޭގެ ހަމަލާތައް އަމާޒުކުރީ އިޒްރޭލުގެ ވެރިރަށް ޓެލް އަވީވަށެވެ. ރޭގެ ގިނަ ހަމަލާތައް އަމާޒުވީ ހައިފާ ސިޓީ އަށެވެ. އިޒްރޭލުގެ ވަރުގަދަ އެއާ ޑިފެންސް ސިސްޓަމްތައް ފޫއަޅުވާލާ އިރާނުގެ މިސައިލްތައް އިމާރާތްތަކަށް އަމާޒުވާ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އިސްރާއީލުގެ ޗެނަލް 13 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުން ދަންވަރު ދިން މިސައިލް ހަމަލާތައް ވަނީ އިސްރާއީލުގެ އުތުރުގައި އޮންނަ ބަނދަރު ސިޓީ، ހައިފާ އާއި ކައިރީގައި އޮންނަ ތަމްރާއަށް އަރާފައެވެ. ހައިފާގެ އައްސޭރިފަށުގައި އޮންނަ ސިޓީގައި ގޭސް އުފައްދާ މުހިންމު މަރުކަޒެއް ހުންނާތީ، ހައިފާއަށް ހަމަލާދޭނެ ކަމަށް ކުރިން ވެސް ބެލެވުނު ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ފަހުގެ ރިޕޯޓްތަކުން ބުނާ ގޮތުގައި އިރާނުން ދިން މި ހަމަލާތަކުން ފިލަން އިޒްރޭލު ބޮޑި އާބާދީއެއް އަދި ވެސް ތިބީ ބަންކަރުތަކަށް ފިލަން ވަދެއެވެ.

your imageއީރާންގެ ހަމަލާއެއްގައި ހަލާކުވި އިޒްރޭލުގެ އިމާރާތެއްގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތުގައި ޑްރޯންއެއް ބޭނުންކުރަނީ. - ފޮޓޯ: އޭއެފްޕީ

ވައިގެ ސަރަހައްދު އަދިވެސް ބަންދުކޮށްފައި އޮތްއިރު، އިރާނުން އިތުރު ހަމަލާތަކެއް ދޭނެ ކަމަށް ބެލެވެ އެވެ. ރޭގެ ހަމަލާތަކަށްފަހު އިޒްރޭލުން ވެސް ދަނީ އިރާނުގެ އެކި ސަރަހައްދުތަކަށް ހަމަލާތަކެއް ދެމުންނެވެ.

ވެރިރަށް ތެހެރާނުގެ މީހުން ދިރިއުޅޭ ތަންތަނަށް އިސްރާއީލުން ދިން ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ގާތްގަޑަކަށް 80 މީހުން މަރުވެ 320 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

މަރުވި މީހުންގެ ތެރޭގައި ނިއުކްލިއާ ސައިންސްވެރިންގެ ތެރެއިން ނުވަ ސައިންސްވެރިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިސްރާއީލުގެ ހައިޓެކް މިސައިލްތައް އީރާނުން ވައްޓާލާފައިވާއިރު، ހުކުރު ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އިސްރާއީލުގައި ފަސް މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ.

އެގޮތުން އިސްރާއީލުގެ އާސަނަލްގައި ހުރި އެންމެ ޒަމާނީ އެއް މަތިންދާބޯޓު ކަމަށްވާ އިސްރާއީލުގެ އެފް-35 ފަޔާ ޖެޓެއް ވައްޓާލާފައިވާ ކަމަށް ވެސް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް