ހެނދުނު މާލެއިން ފުރި މޯލްޑިވިއަންގެ ބޯޓު ކުޅުދުއްފުއްޓަށް ޖައްސަން އޮތީ 9:40ގަ އެވެ. އެހެންނަމަވެސް މޫސުމް ގޯސްވެ ކުޅުދުއްފުށީ ރަންވޭއަށް ބޯޓު ނުޖެއްސިގެން ރަންވޭގައި ޖެއްސޭތޯ ގަޑިއިރެއްހާއިރު މަތީގައި އުދުހުނެވެ.
ކުޅުދުއްފުށްޓަށް ބޯޓު ނުޖެއްސުމުން ދެން ބޯޓު ޖައްސަން މަސައްކަތްކުރީ ނ. މާފަރު އެއާޕޯޓުގައި ޖެއްސާށެވެ. އެހެންނަމަވެސް އެ އެއާޕޯޓުގައި ވެސް ނުޖެއްސުމުން ދެން އެނބުރާލީ މާލެއަށެވެ.
ބޯޓު އެނބުރި މާލެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ މިއަދު 11 ޖަހާކަންހާއިރެވެ.