ads
ބާރަށު ދާއިރާގެ މެމްބަރު ސުޖާއު
ކައުންސިލަރުން މަދުކުރަން ސަރުކާރުން ގަރާރެއް
ރަށްރަށުގެ ކައުންސިލަރުން މަދުކޮށް، ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރުމާ ގުޅޭ ގަރާރެއް ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލިހަށް ހުށައަަޅައިފިއެވެ.
Advertisement

މި ގަރާރުގައި މަޖިލިހަށް ހުށައެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ.

ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ހިޔާލު ހޯދުމަށް ޝުޖާއު ހުށައެޅި ގަރާރުގައި ބުނެފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމަށް ކުރަމުން އަންނަ ހޭދައަކީ ބޮޑު ހޭދައެއްކަމަށެވެ. އަދި  އެ ނިޒާމުން އެކަށީގެންވާ ނަތީޖާ ނުނެރޭވޭކަމަށްވެސް ޝުޖާއު ހުށައެޅި ގަރާރުގައިވެއެވެ. 

ކޮންމެ ރަށަކަށް، މަދުވެގެން ފަސް ކައުންސިލަރުން އިންތިހާބުކޮށް މުސާރައަށް ބޮޑު ހޭދައެއް ކުރާއިރު މިއީ މިކަން ހަމަ އޮންނަންޖެހޭ ގޮތްތޯ ސުވާލު އުފެދެއެވެ. މި ނިޒާމުގައި ދެކޮޅުނުޖެހޭ އެތައް ކަމެއްވެސް ދަނީ ހިނގަމުންނެވެ،" ޝުޖާއު ހުށައެޅި ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

 

މި ގަރާރުގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނަށް މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ލޯކަލް ކައުންސިލްގެ ހަތަރު އިންތިހާބު ބާއްވާފައިވާއިރު އެރަކެއް ހާސް ކައުންސިލަރުންނެއް އިންތިހާބުކޮށް އެތަކެއް ބިލިއަން ދިވެހި ރުފިޔާ ވަނީ ދިވެހި ދައުލަތުގެ ބަޖެޓުން މި ނިޒާމަށް ހަރަދުވެފައިވާކަމަށެވެ. އަދި މި ހަރަދު ކުރިއިރު ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް ނުވަތަ މި ނިޒާމުގެ ސަބަބުން ރަށްްތަކާއި އަތޮޅުތަކުގެ ތަރައްގީއަށް ގެނެވުނު އިތުރު ބަދަލެއް ފެންނަން ނެތްކަމަށް ޝުޖާއުގެ ގަރާރުގައިވެއެވެ. 

ޝުޖާއުގެ ގަރާރުގައި ބުނީ ލާމަރުކަޒީ ނިޒާމަކީ ކޮންމެ ސަރުކާރަކަށް ނިސްބަތްވާ އެކްޓިވިސްޓުންނަށް ޖާގަ ދޭން އޮތްތަނެއްކަމަށެވެ.

" ލާމަރުކަޒީ އުސޫލުން ރާއްޖޭ ހިންގުމަށް ފެށި ދަތުރަށް 15 އަހަރުވެގެން ދިޔައިރުވެސް ހައްލެއް ހޯދުމަށް ގާނޫނަށް އިސްލާހު ގެނައުން ފިޔަވާ ސިޔާސީ ގޮތުން ކޮންމެ ސަރުކާރަކަށް ނިސްބަތްވާ އެކްޓީވިސްޓުންނަށް ޖާގަ ދިނުމަށް އޮންނަ ތަޅުމެއްގައި ގޮތުގައި ލާ މަރުކަޒީ ނިޒާމު އޮތުމަކީ ހިތާމަ ހުރިކަމެއް." ޝުޖާއު ހުށައެޅުއްވި ގަރާރުގައިވެއެވެ.

ސަރުކާރުގެ ފަރާތުން މި ގަރާރު މަޖިލިހަށް ހުށައަޅާފައި މިވަނީ ކައުންސިލަރުން މަދުކޮށް އަތޮޅު ކައުންސިލްތައް އުވާލަން ނިންމާ އެކަމަށް ބޭނުންވާ އިސްލާހު ގެނައުމަށް މިއަހަރު މަޖިލިހަށް ހުށައަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް