
ޕޮލިސް މައި އޮފީސް
އެޕާޓްމަންޓަށް ނުވަދެވުމުން ދޮރު ހަލާކުކޮށްލުމުން 5 ދުވަހަށް ބަންދުކޮށްފި
މުހައްމަދު އާދަމް އަހްމަދު
17 ޖޫން 2025 - 11:23:00
ދިރިއުޅޭ އެޕާޓްމަންޓަށް ނުވަދެވުމުން ދޮރު ހަލާކުކޮށްލި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މުދަލަށް ގެއްލުންދިން މައްސަލައިގައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ ބަންދުގެ މުއްދަތު ޖަހާދީފައެވެ.
އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ނުވަދެވުމުން އެތަނުގެ ދޮރު ހަލާކުކޮށްލާފައިވާކަން ފުލުހުންގެ ހާދިސާގެ ރިޕޯޓުން އެނގޭ ކަމަށް ކޯޓު އަމުރުގައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް