
ނަޝީދު އާއި އީވާ އެމްޑީޕީއާ އަލުން ގުޅެން ނިންމީ ދާދި ދެންމެއަކު ޑިމޮކްޓްރެޓްސްގެ ނެޝަނަލް އެސެމްބްލީ ބާއްވާ ގަރާރެއް ފާސްކުރުމަށްފަހު އެވެ. އެ ގަރާރުގައި ވަނީ ޑިމޮކްރެޓްސްގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ.
އެގޮތަށް ނިންމީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި 44 މެންބަރުންގެ ތެރެއިން 35 މެންބަރުންގެ ވޯޓުންނެވެ.
މި ގަރާރު ހުށައެޅީ ޑިމޮކްރެޓްސް ޕާޓީގެ އަންހެނުންގެ ގޮފީގެ ލީޑަރު ފާތިމަތު ހަމްދާ މުހައްމަދުއެވެ.
އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ރައީސް ނަޝީދާ އުފެދުނު ހިޔާލު ތަފާތުވުން ބޮޑުވެ ރައީސް ނަޝީދަށް ތާއިދުކުރާ މެމްބަރުން އެމްޑީން ވަކިވިއެވެ.
އަދި ރައީސް ނަޝީދު އިސްވެ ހުންނަވާ ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދާ އެމްޑީޕީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް ރިޔާސީ އިންތިހާބުގައި އިދިކޮޅަށް މަސައްކަތް ކުރިއެވެ.
ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅެން ނިންމާފައި މިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމިކަން އިއުލާންކުރެއްވުމަށްފަހުއެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ އިއްޔެ ބައްދަލުކޮށް މަޝްވަރާތަކެއް އިއްޔެ ކޮށްފައިވަނިކޮށެވެ .