ads
ރައުދު
ޔުމްނު ވެއްޓުނު ރޭ ހިނގި އެއްވެސް ކަމެއް ހަދާން ނެތް: ރައުދު
އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒް ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ރޭ ހިނގި އެއްވެސް ކަމެއް ހަނދާނެތްކަމަށް އެ މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލު ބުނެފައިވާކަމަށް ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.
Advertisement

ރައީސް މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން އެ މައްސަލަ ބެލުމަށް ފަހު އެކުލަވާލި ރިޕޯޓް މިއަދު ވަނީ އާއްމުކޮށްފައެވެ. 

ކޮމިޝަނުން މިއަދު ނެރުނު ރިޕޯޓްގައި ބުނީ ހައްވާ ޔުމްނު ރަޝީދުގެ ވަނީ ގަސްދުގައި ވައްޓާލާފައި ކަމަށް ނޫނީ އޭނާ އަމިއްލަ އިހްތިޔާރުގައި ފުންމާލާފައިވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އެހެންނަމަވެސް ބުރަވެވެނީ ޔުމްނު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީކަމަށް އެ ރިޕޯޓްގައިވެއެވެ. 

ކޮމިޝަނުން ނެރުނު ރިޕޯޓުގައިވަނީ ޔުމްނާއި އެކު އެރޭ އުޅުނު ރައުދު އަހުމަދު ޒިލާލު އެ ރޭ ހިނގި ކަންކަން ހަނދާނުގައި ނެތް ކަމަށް ކޮމިޝަންގައި ބުނެފައިވާކަމަށެވެ. 

ކޮމިޝަންގެ ރިޕޯޓުގައި ބުނީ އެ ކޮމިޝަނުން ބެލި ބެލުމުން ސިޑި ގޮޅީގައިވާ ކުޑަދޮރުން ރައުދު ގަސްދުގައި ޔުމްނު ވައްޓާލީ ކަން ނުވަތަ ނޫން ކަން ކަނޑައެޅެން ކޮމިޝަނަށް ނެތް ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް