ads
މި އަހަރު ހައްޖަށް ދިޔަ ހައްޖާޖީއަކު ރާއްޖެ އައުމުން އާއިލާއިން މަރުހަބާ ކިޔަނީ
ހުރިހާ ހައްޖުވެރިން ރާއްޖެ އައިސް ނިމިއްޖެ
މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީން ރާއްޖެ އައިސް ނިމިއްޖެއެވެ.
Advertisement

މި އަހަރުވެސް ރައްޖެއިން ވަނީ 1000 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައެވެ. 

މިއަހަރު ހައްޖަށް ފިޔަ ފަހު ގުރޫޕް ރާއްޖެ އައިސްފައިވަނީ ރޭގައެވެ. އެއާއި އެކު މިއަހަރު ރާއްޖެެއިން ހައްޖަށް ދިޔަ އެންމެން އައިސް ނިމުނީއެވެ. މިއަހަރު ދިވެހިން ހައްޖަށް ގެންގޮސްފައިވަނީ ސައުދީ އެއާއިންނާއި ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކުގައެވެ. 

your imageމި އަހަރު ހައްޖަށް ދިޔަ ހައްޖާޖީއަކު ރާއްޖެ އައުމުން އާއިލާއިން މަރުހަބާ ކިޔަނީ 

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ މީހުންނަށް މައްކާ ރޫޓް އިނިޝިއޭޓިވްގެ ލުއިފަސޭހަކަން ލިބިފައިވާއިރު މިނާގައި ހައްޖާޖީން ތިބި ފޭލިގެތަކުގެ ފެންވަރު ވެސް ވަނީ ރަނގަޅުކޮށްފަ އެވެ. 

އެހެންނަމަވެސް މިއަހަރު ދިވެހިން ހައްޖުގައި ސައުދީގައި ހޭދަކުރި މުއްދަތު ކުރުކޮށްފައިވާކަމަށް ބުނެ ގިނަ ބަޔަކުވާނީ ހައްޖު ކޯޕަރޭޝަނަށް ފާޑު ކިޔާފައެވެ. ކުރިން ދިވެހިން ހައްޖު މޫސުމުގައި ސައުދީގައި 25 ނުވަތަ 27 ވަރަކަށް ދުވަސް ހޭދަކުރެއެވެ. 

މި ފަހަރު ދިވެހި ހައްޖުވެރިން ސައޫދީގައި ހޭދަކުރި މުއްދަތު:

  •  ފުރަތަމަ ފްލައިޓުގައި ދިޔަ މީހުން : 19 ދުވަސް
  • ދެވަނަ ފްލައިޓުގައި ދިޔަ މީހުން: 19 ދުވަސް
  • ތިންވަނަ ފްލައިޓުގައި ދިޔަ މީހުން: 20 ދުވަސް
  • ހަތަރުވަނަ ފްލައިޓުގައި ދިޔަ މީހުން: 18 ދުވަސް

your imageމި އަހަރު ހައްޖަށް ދިޔަ ހައްޖާޖީއަކު ރާއްޖެ އައުމުން އާއިލާއިން މަރުހަބާ ކިޔަނީ 

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނުން ހައްޖު ދަތުރަކަށް މީހަކަށް ނަގަނީ 69,965 ރުފިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް