
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ "ނިމިފައި ހުރި ވަރަށް ގިނަ ރަށްރަށުގައި އެބަހުރި ކޮމިޝަންކޮށްފައި ޔޫއާރްއޭއަށް ބޭނުންވާ ބައެއް ޑޮކިއުމަންޓްސްތައް ކޮންޓްރަކްޓަރ ފަރާތުން ހަމަ ނުވާތީވެ އެ ހުއްދަ ނުލިބިގެން ހިދުމަތް ނުދެވިފައި" ކަމަށެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެންވަޔަރަމެންޓް މިނިސްޓްރީއާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށްވެސް އެ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބް އިތުރަށް ވިދާޅުވީ މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ޔޫއާރްއޭގެ އުސޫލުތައް ލުއިކޮށްލައިގެން ނަމަވެސް ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ވައިކަރަދޫގައިވެސް މާ ލަސްތަކެއް ނުވެ ނަރުދަމާގެ ހިދުމަތް ދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.