
މި ގަރާރު މަޖިލީހުން ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ތާއީދާއެކުގައެވެ. އެހެން ނަމަވެސް 11 މެންބަރަކު ވަނީ މި ގަރާރާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ފާހަގަކުރައްވާފައިވަނީ، ކޮންމެ ރަށަކަށް މަދުވެގެން ފަސް ކައުންސިލަރުން އިންތިހާބުކޮށް، މުސާރައަށް ބޮޑު ހޭދައެއް ކުރާއިރު، މިއީ ހަމަ އޮންނަންޖެހޭ ގޮތްތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު މިހާރު ވެފައި އޮތީ ގައުމާ ނުބައްދަލު އެތައް ބިލިއަން ރުފިޔާއެއް ހޭދަވާ ނިޒާމަކަށް ކަމަށާއި، މި ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް އަދި ރަށްތަކާއި އަތޮޅުތަކުގެ ތަރައްގީއަށް ގެނެވުނު އިތުރު ބަދަލެއް ފެންނަން ނެތް ކަމަށް ޝުޖާއު ގަބޫލުކުރައްވައެވެ.
ކައުންސިލްތަކުގެ އިންތިހާބަށް 10 މަސް ދުވަހަށް ވެފައިވަނިކޮށް މިފަދަ ގަރާރެއް ހުށަހެޅުއްވުމާ ގުޅިގެން އިދިކޮޅުގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފައެވެ.