އެމްކިޔުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހިއްސާކުރި ބަޔާނެއް ބުނީ ލަންކާގެ ޓިވެކްގައި ރަޖިސްޓްރީކޮށްފައިވާ މަތީތައުލީމުދޭ ބައެއް މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި "މެޓްރޯޕޮލިޓަން ކޮލެޖް" އާއި "އީސޮފްޓް" ގެ ހުރިހާ ކެމްޕަސްތައް ހިމެނޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ތަންތަނުގައި ކިޔަވަމުން އަންނަ ދަރިވަރުން ވީ އެންމެ އަވަހަކަށް އެ އޮތޯރިޓީއަށް އީމެއިލް މެދުވެރިކޮށް އެމްކިޔުއޭއަށް އަންގަން ވަނީ އެދިފަ އެވެ. އަދި އެ ތަންތަނުގައި ކިޔެވުން ނުފެށުމަށްވެސް އެ އެމްކިޔުއޭ އިން ވަނީ އެދިފައެވެ.
ކިޔަވަން ބޭރަށް ދާ ބައެއް ދަރިވަރުން އެމްކިއުއޭގެ މުހިއްމު އެއް ލިޔުން ކަމުގައިވާ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ނުހޯދާކަން ވެސް އެމްކިޔުއޭއިން ބުނެއެވެ.