ads
ރައީސް ސާލިހާއި ރައީސް ނަޝީދު
ނަޝީދާއި ޑިމޮކްރެޓްސް، އެމްޑީޕީއަށް ސާލިހް މަރުހަބާ ވިދާޅުވެއްޖެ
ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއަށް އަލުން އެނބުރި އައުމަށް ނިންމާފައިވާތީ އެކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު މަރުހަބާ ވިދާޅުވެއްޖެއެވެ.
Advertisement

އެމްޑީޕީން ވަކިވެ ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޑިމޮކްރެޓްސްގެ ހުރިހާ މެމްބަރުން އެމްޑީޕީއާ އަލުން ގުޅެން ނިންމާ އެކަން އިއުލާންކުރީ މދިޔަ އަންގާރަދުވަހުއެވެ.

ރައީސް ނަޝިދާއި ޑިމޮކްރެޓްސްގެ މި ނިންމުމަށް މަރުހަބާ ވިދާޅުވެ އެކްސްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ  އެ ނިންމެވުމަށް މަރުހަބާ ވިދާޅުވާކަމަށެވެ. އަދި ރައްޔިތުންގެ މަސްސަލަހަތު އިސްކުރާ ބަޔަކަށް އެމްޑީޕީ ވާނެކަމަށް ސާލިހް ވިދާޅުވިއެވެ. 

" އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، ރައްޔިތުންގެ މަސްލަހަތު އަބަދުވެސް އިސްކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާ ހިގާށެވެ " ސާލިހް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

ނަޝީދާއި ޑިމޮކްރެޓްސް އަށް މަރުހަބާ ވިދާޅުވެ ސާލިހް އެކްސްގައި ކުރެއްވި ޕޯސްޓުގައި އަދި ޝައިހު މުހައްމަދު ޖަމީލު ދީދީގެ ޅެން ބައިތެއްވެސް ވަނީ ހިމަނުއްވާފައިވެއެވެ.

“ހުރަސްތަކާ ދިމާވެދާ ޢަދަދުނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން.
  ޤައުމިއްޔަ އިލްތިމާސުތަކަށް ޢަމަލުކުރާށެ ހެޔޮހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން.”

ރައީސް ސާލިހް އެކްސްގައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމަނިކުފާނު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގެ ވީޑިއޯ ކްލިޕެއް ވެސް ހިމަނުއްވާފައެވެ. އެއީ އޭރުވެސް ރައީސް ނަޝީދާއި އެމްޑީީން ވަކިވި މެމްބަރުން ޕާޓިއަށް އަލުން އައުމަށް ގޮވާލާ އެމަނިކުފާނު ދެއްކެވި ވާހަކަކޮޅެެއްގެ ތަންކޮޅެކެވެ. 

"މިއީ [އެމްޑީޕީއަކީ] ހަމަ އަޅުގަނޑުމެން އެންމެންގެ ޕާޓީއެއް. އެންމެން އެކީގައި އުފައްދާފައި އޮތް ޕާޓީއެއް. އެކީގައި ވަޑައިގަންނަވަންވީ ހަމަ. އެ ޒާތީ އޭރު އެހެރި މައްސަލަތައް އެކަހެރި ކުރެވޭނެ އިނގޭތޯ، އަޅުގަނޑާ ދޭތެރޭގައި ވެސް އެހުރި މައްސަލައެއް ވިޔަސް. ގައުމަށާއި އަޅުގަނޑުމެން މިކުރި މަސައްކަތްތަކެއް އަދި ނިމުމަކަށް ނުދޭ އަޅުގަނޑުމެން އެ ދުވަހު ފެށި މަސައްކަތް،" ރައީސް ސާލިހް އޭރު ރާއްޖެ ޓީވީއަށް ދިން އިންޓަވިައުގައި ވިދާޅުވެއެވެ.

ނަޝީދު އާއި އީވާގެ އިތުރުން ޑިމޮކްރެޓްސްގައި ތިބި މެމްބަރުން އެމްޑީޕީއާ އަލުން ގުޅެން ނިންމީ އިއްޔެ ޑިމޮކްޓްރެޓްސްގެ ނެޝަނަލް އެސެމްބްލީ ބާއްވާ ގަރާރެއް ފާސްކުރުމަށްފަހުއެވެ. އެ ގަރާރު ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި 44 މެންބަރުންގެ ތެރެއިން 35 މެންބަރުންގެ ވޯޓުންނެވެ. 

އެމްޑީޕީގެ މިދިޔަ ވެރިކަމުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ރައީސް ނަޝީދާ އުފެދުނު ހިޔާލު ތަފާތުވުން ބޮޑުވެ ރައީސް ނަޝީދަށް ތާއިދުކުރާ މެމްބަރުން އެމްޑީން ވަކިވިއެވެ. 

އަދި ރައީސް ނަޝީދު އިސްވެ ހުންނަވާ ދަ ޑިމޮކްރެޓްސް ޕާޓީ  އުފައްދާ އެމްޑީޕީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް ބޮޑެތި ތުހުމުތުތަކެއްވެސް އެމްޑީޕީގެ އިސްވެރިންގެ ބޮލުގައި އެޅުވުމަށްފަހު ރިޔާސީ އިންތިހާބުގައި އިދިކޮޅަށް މަސައްކަތް ކުރިއެވެ. 

ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅެން ނިންމާފައި މިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމިކަން އިއުލާންކުރެއްވުމަށްފަހުއެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ ބައްދަލުކޮށް މަޝްވަރާތަކެއް ކޮށްފައިވަނިކޮށެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް