ads
އިހްސާން އަދި ދާއޫދު
އިހުސާންވަނީ ޕޮލިސް އޮޕަރޭޝަންގެ މައުލޫމާތު ދާއޫދަށް ދީފައި: ރިޕޯޓް
ހޯމް މިނިސްޓަރ އަލީ އިހްސާންވަނީ، ފުލުހުންގެ އޮޕަރޭޝަންގެ ބައެއް މައުލޫމާތު، ޔުމްނު ވެއްޓުނު މައްސަލައިގައި، ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިން، ރައުދު އަހްމަދު ޒިލާލްގެ ބޭބެ، ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކެޓްރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ އަހުމަދު ދާއޫދަށް ދީފައި ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުން ހާމަވެއްޖެ އެވެ.
Advertisement

ޔުމްނު ވެއްޓުނު މައްސަލައިގައި، ރައުދު އަހުމަދު ޒިލާލްގެ ބޭބެ، ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ އަހުމަދު ދާއޫދު ތަހުގީގަށް ދޮގު ބަޔާން ދިންކަން ފަޅާއެރުމުން އޭނާ މިހާރުވަނީ މަގާމުން ވަކިކޮށްފަ އެވެ. އެކަމަކު، އެ ހާދިސާއާ ގުޅިގެން އެކި ފަހަރު މަތިން ދާއޫދުއާ މުއާމަލާތް ކުރި ހޯމް މިނިސްޓަރު އިހްސާނަކަށް އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ކޮމިޝަނުގެ ރިޕޯޓުގައި ވާގޮތުން، ދާއޫދު ހޯމް މިނިސްޓަރު އިހްސާނަށް ގުޅައި މެސެޖު ކުރިއެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ފުލުހުންގެ އޮޕަރޭޝަނާ ގުޅޭ ގޮތުން ބައެއް މައުލޫމާތު އިހުސާންވަނީ ދާއޫދުއަށް ދީފައެވެ. އިހުސާންއާ ދާއޫދުއާ ދެމެދު ފޯނުން 19 އޭޕްރީލް ދުވަހުވެސް މުއާމަލާތް ކުރެވުނުކަން ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. 

ދާއޫދު ހައްޔަރު ނުކުރާކަމާއި ފުލުހުން ބޭނުންވީ އެ މީހުންގެ ގެ ބަލައި ފާސް ކުރަން ކަންވެސް ދާއޫދު ފަހުންވަނީ އިހުސާންއަށް އަންގާފައި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެއީ ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު ދުވަހުގެ ރޭގަނޑެވެ. އޭރު އެ މައްސަލަ އަދި މީޑިއާއަކަށް ތިލައެއް ނުވެ އެވެ.

ރިޕޯޓުގައިވާ ގޮތުން ދާއޫދު، އިސްހާނަށް ގުޅާފައި ބުނީ "ކޮއްކޮ ހައްޔަރުކޮށްގެން ގެންގޮސްފި" ކަމަށެވެ. ދާއޫދުގެ ކޮއްކޮއަކީ ރައުދު އެވެ. ދާއޫދު އެހެން ބުނުމުން އެކަން ބަލައިލާނެ ކަމަށް އިހްސާނު ވިދާޅުވި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައި އެބައޮ ތެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ރިޔާސީ އިންތިހާބު ދުވަސްވަރުން ފެށިގެން އިހުސާން، ދާއޫދު ދަނެ އެވެ.

ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ފުލުހުން އަމަލު ކޮށްފައިވަނީ އެންމެ ރަނގަޅަށް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ކުރިންވަނީ ވިދާޅުވެފަ އެވެ. އިހުސާން ވިދާޅުވީ ފުލުހުން އަމަލުކުރަނީ ކަނޑައަޅާފައި ހުރި ގަވައިދުތަކުގެ ތެރެއިން ކަމަށާއި ފުލުހުންގެ މައްސަލަތައް ބެލުމަށް ހުރި އިދާރާތަކުން ވެސް އެހާތަނަށް ފުލުހުންގެ މައްސަލައެއް އުޅޭ ކަމަށް ފާހަގަކޮށްފައިނުވާ ކަމަށެވެ. 

އެކަމަކު ޔުމްނުގެ ރަޝީދުގެ މައްސަލައިގައި ތަހުގީގުގައި ފުލުހުންގެ ފަރާތުން އިހުމާލުތަކެއް ވެފައިވާ ކަމަށާއި އެ ތަހުގީގުގައި ފަރުވާ ކުޑަ ކުރި ފުލުހުންގެ މައްސަލަ ބަލައި އިސްލާހީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެ ހާދިސާގެ ތަހުގީގަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައިވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް