ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޖެމްކިއު އެޕްގެ ސްކީރީން ޝޮޓެއް
ޖެމްކިއުން ފައިސާ ނުނެގޭތީ ފައިސާ ލީ އެންމެން ގަނޑު ރަތަށް
ޖީއެމްސީއީ ނުވަތަ ޖެމްކިޔުގެ ނަމުގައި ހިންގަމުންދާ އިންވެސްޓުމެންޓު ސްކީމަށް އިންވެސްޓުކުރި މީހުންނަށް ފައިސާ ނުނެގޭ މައްސަލަ ބޮޑުވެ، މީހުން ގަނޑު ޝަކުވާކުރަން ފަށައިފިއެވެ.
Advertisement

ޖެމްކިޔު ސްކީމަކީ ޕިރަމިޑް ސްކީމެއް ކަމަށާއި އެ ސްކީމުގައި ބައިވެރިނުވާ ފުލުހުން ވަނީ އަންގާފައެވެ. އަދި އެ ސްކީމަށް ވަނުމަށް ހިތްވަރުދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ. 

ޖެމްކިޔުއަށް އިންވެސްޓުކޮށްގެން އުޅޭ މީހުން ތިބޭ ޓެލެގްރާމް ގްރޫޕެއްގައި މިއަދު ވަނީ މީހުންތައް ޝަކުވާ ކުރަން ފަށާފައެވެ. އެގޮތުން އިންވެސްޓުކޮށްފައި ހުރި ފައިސާ ނުނެގޭކަމަށް ބުނެ މީހުން ވަނީ ރުޅިގަދަވެފައެވެ. 

"ޑިޕޮސިޓް ކުރެވޭ، ވިތުޑްރޯ ނުކުރެވޭ" ކަމަށް ބުނެ އެ ގްރޫޕުގައި މީހުން އަންނަނީ ރުޅިވެރިކަން ބާލުމުންނެވެ. އަދި ގްރޫޕުގެ އެޑްމިނުންގެ ގޮތުގައި ތިބި މީހުންނަށް މެސެޖު ނުކުރެވޭކަމުގެ ކަންބޮޑުވުން ވެސް އިންވެސްޓްކުރި މީހުން އަންނަނީ ފާޅުކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް