ads
ލަންދޫގައި ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ފެށުން
ބީއެމްއެލްގެ ހިދުމަތްތައް މިރޭ 30 މިނެޓަށް މެދުކެނޑޭނެ
ބީއެމްއެލްގެ ހިދުމަތްތައް މިރޭ 30 މިނިޓަށް މެދުކެނޑޭނެކަމަށް އެ ބޭންކުން އިއުލާން ކޮށްފިއެވެ.
Advertisement

މިއީ ބޭންކުގެ ސިސްޓަމަށް ބޭނުންވާ މެއިންޓަނަންސެއް ކުރުމަށްޓަކައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބޭންކުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން މިރޭ ހިދުމަތްތައް މެދުކެނޑިގެންދާނީ މެންދަމު 2:00 އާއި 5:00 އާ ދެމެދުގެ ވަގުތެއްގައި 30 މިނިޓުގެ ވަގުތުކޮޅަކަށެވެ. މި ވަގުތުގައި ބީއެމްއެލްގެ އިންޓަނެޓް ބޭންކިން، ވެބްސައިޓް، ޕީއޯއެސް މެޝިންތައް، އޭޓީއެމްތައް، ޕޭމަންޓް ގޭޓްވޭ، ކާޑު ހިދުމަތްތަކާއި ޔޫއެސްޑީ ބުކިންގ ޕޯޓަލްގެ ހިދުމަތްތަކަށް ބުރޫއަރާނެއެވެ.

މި މެއިންޓަނަންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އާންމު ކަސްޓަމަރުންނަށް ހިދުމަތްތަކަށް ދަތިވާ ވަގުތުތައް ވީހާވެސް މަދުކުރުމަށް ރޭގަނޑުގެ ވަގުތެއްގައި ކަމަށް ބޭންކުން ބުންޏެވެ. އަދި މީގެ ސަބަބުން ކަސްޓަމަރުންނަށް ލިބިދާނެ ދަތިތަކަށް ބޭންކުން މައާފަށް އެދިފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް