ads
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގުގައި ޕާކުކުރާ އުޅަނދުތައްވެސް ނަގަނީ، ލިބޭނީ ދެ ދުވަސްފަހުން
ބޮޑުތަކުރުފާނު މަގުގައި ޕާކުކުރާ ވެހިކަލްތައް ޓޯ ކުރާނެކަން ފުލުހުން އިއުލާންކޮށްފިއެވެ.
Advertisement

ފުލުހުން މިއަދު އެކްސްގައި ކުރި އިއުލާންގައި ބުނީ އާންމު ދަތުރުފަތުރަށާއި އާންމުންނަށް އުނދަގޫ ވާނެހެން ބޮޑުތަކުރުފާނު މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށައިފިކަމަށެވެ. 

އެގޮތުން ހިތިގަސްމަގު ކަންމަތިން ފެށިގެން މެހެލި ގޯޅިއާ ހަމައަށް ހިތިގަސްމަގު ކަންމައްޗާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ޕާކުކުރާ އުޅަނދުތައް މިއަދުން ފެށިގެން ޓޯކުރަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ. މިގޮތަށް ޕާކުކުރާ އުޅަނދުތައް އަނބުރާ ވެރިފަރާތައް ލިބޭނީ 48 ގަޑިއިރު ފަހުން ކަމަށްވެސް ފުލުހުން ބުނެއެވެ. 

ބޮޑުތަލުރުފާނު މަގުން ވެހިކަލް ޓޯ ކުރާނެކަމަށް ފުލުހުން އެބުނާ ސަރަހައްދަކީ ޕީއެންސީ ހަރުގެއާއި ސަލްމާން މިސްކިތް ހުންނަ ސަރަހައްދެވެ.

މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ފުލުހުން ވަނީ މަޖީދީމަގުގައި ޕާކުކުރަ އުޅަނދުތައްވެސް ޓޯ ކުރަން ފަށާފައެވެ. އަދި މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރާނެކަން އެނގިފަހުން ތިން ދުވަހުގެ ތެރޭގައި 74 ވެހިކަލް ފުލުހުން ވަނީ ހިފަހައްޓާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް