މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެ އެވެ.
އެއާޕޯޓު އެޅުމަށް ގުރައިދޫގެ ފަޅުން ހިއްކަނީ 13.8 ހެކްޓަރުގެ ބިމެވެ. މި މަޝްރޫއަށް ޖުމްލަ 106 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެމްޓީސީސީން ބުނީ ގުރައިދޫ އަކީ އެ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރިކުރަން ޒިޔާރަތްކުރާ ރަށެއް ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތް ވެސް ތަރައްގީ ވަމުން އަންނަ ރަށެއް ކަމަށެވެ.
ތ. ގުރައިދޫއަކީ 2،272 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި ރަށަކީ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށްޓަކައި ޒިޔާރަތްކުރާ ރަށެކެވެ.
ތ. ގުރައިދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދެކެވެ.